ޗައިނާގެ ކޯލް މައިނެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 މީހުން މަރުވެއްޖެއެވެ.
ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ގުއިޒޯ ޕްރޮވިންސުގެ ޕަންޒާއު ސިޓީގައި ހުންނަ ކޯލް މައިނުގައި އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވީ އެތަނުގައި ބޭނުންކުރި ކޮންވެއާ ބެލްޓުތަކެއްގައި ރޯވެގެން ކަމަށް އެމައިނުގެ އޮފިޝަލުން ބުނެއެވެ.
ހާދިސާ ހިނގުމާއެކު އިމަޖެންސީ ޓީމުތަކުން ވަނީ އަލިފާން ނިއްވާލައިފައެވެ. އަދި ގިނަ އިރުތަކެއް ނުވެ އާންމު ހާލަތަކަށް މައިނު ގެނެސްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ ހާދިސާގައި 16 މީހުން މަރުވެފައިވާ ކަމަށް ބުނެފައެވެ. މަރުވި މީހުންގެ ހަށިގަނޑުން އެއްވެސް އަނިޔާއެއް ފެނިފައިނުވާ އިރު، އެމީހުން މަރުވި ކަމަށް ބެލެވެނީ ދުމުގެ އަސަރުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.
ޗައިނާގައި ކޯލް މައިނުތަކުގެ ސަލާމަތީ ކަންކަމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ހާދިސާތަކެއް ހިނގައެވެ. މިދިޔަ އަހަރު ޗައިނާގެ ކޯލް މައިނު ތަކުގައި ހިނގި ހާދިސާތަކުގައި 245 މީހުން މަރުވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ