މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިން މޭޓް ޑރ. އަމީން އިބްރާހިމް އާއެކު އެ ޕާޓީގެ ގިނަ އަދަދެއްގެ ކައުންސިލް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައި އެ މަނިކުފާނުގެ ކެމްޕެއިނާ ގުޅިވަޑައިގެންފިއެވެ.
ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހަށް ތާއީދުކުރަން ނިންމެވި ޖޭޕީގެ އިސް ބައެއް ބޭފުޅުންގެ ތެރޭގައި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދުއާއި ކުރީގެ ހެލްތް މިނިސްޓަރު އަމީންއާއި ހަނިމާދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ހުސެއިން ޝަހުދީއާއި ކައުންސިލް މެމްބަރު މުހައްމަދު ސައީދާއި މުހައްމަދު އަދުހަމާއި ޖޭޕީގެ ޔޫތް ލީގުގެ ނައިބު ރައީސް ޝުއައިބު ޝިފާޒް ޝަރީފު ހިމެނިވަޑައިގަންނަވައެވެ.
ރައީސް ސޯލިހަށް އަމީން ތާއީދު ކުރައްވަން ނިންމެވި އިރު، ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދުވެސް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ. އަދި ގާސިމުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވަނީ ޖޭޕީން ވަކިވެވަޑައިގެން އެމްޑީޕީއަށް ސޮއިވެސް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު