ކުރީގެ ނައިބް ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ޖިހާދާއެކު އެ ޕާޓީގެ ކައުންސިލްގެ ގިނަ މެންބަރުންތަކެއް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވަން ނިންމަވައި ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.
ގިރާވަރު ކޮމިޓީއާއެކު މިރޭ ބޭއްވި ޖަލްސާގައި ޑރ. ޖިހާދުގެ އިތުރުން ގާސިމްގެ އެޑްވައިޒަރު އިރުތިޝާމް އާދަމާއި ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޖޭޕީގެ ޒުވާނުންގެ ލީގުގެ ރައީސް، ޔާމީން ރަޝީދާއި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީވެސް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
އޭގެ އިތުރުންވެސް ކައުންސިލްގެ ބައެއް މެންބަރުން ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
ޖުމުހޫރީ ޕާޓީން ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ރަސްމީކޮށް ނިންމުމާ ގުޅިގެން، ޖޭޕީގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ އެމްޑީޕީއަށްވެސް ގުޅިވަޑައިގަންނަވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު