• ބ. ފުޅަދޫން ފާތިމަތު ލިއުޝާ

ރިޔާސީ އިންތިހާބުން ކަމިޔާބުކުރެއްވިއްޖެނަމަ، ބ. ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގައި ސީޕްލޭންގެ ހިދުމަތް ފަށާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިމަހު ގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕޭނަށް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުޅަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ މި އަތޮޅުގެ ގިނަ ރަށްތަކަކީ ލޯކަލް ޓުވަރިޒަމް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށްތަކެއް ކަމަށެވެ.

ހާއްސަކޮށް ގޮއިފުޅަފެހެންދޫއަކީ ޓޫރިޒަމް އެންމެ ކުރިއަރަމުން އަންނަ ރަށްތައް ކަމަށާއި އެހެންކަމުން ގޮއިދޫ އަތޮޅަށް އެންމެ އެ ރަށްތަކަށް ސީ ޕްލޭންގެ ހިދުމަތް ކަމަށެވެ.

ނަމަވެސް އެކަންކަން ނިންމާނީ ރައްޔިތުން ކަމަށާއި އަދި މިމަހަުގެ 30 ވަނަ ދުވަހު އެކަން ޔަގީންވާނީ ރައްޔިތުން ނިންމާ ގޮތަކުން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ދެން އަންނަ ދައުރެއްގައި ވެރިކަން ކުރަން ލިބިއްޖެ ނަމަ ސީ ޕްލޭން ޖައްސާނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނަން. ޒުވާނުންނަށް ތަރައްގީ ގެނުވާނެ އިންތިޒާމު ހަމަޖައްސައިދެވޭނެ. ލުއި ލޯނު އިންޓްރަސްޓް ބެންކް އިން ނަގައިން ރަށެއް ބިނާކުރާނެ ގޮތް ޒުވާނުން ބޭނުންވަ ރޮނގަކުން ތަރައްގީ ގެނުވަން އެހިތެރިވާނެ ޔަގީނުންވެސް ސަރުކާރުގައި" މުއިއްޒު ވިދާޅުވިއެވެ.

ކުރީގަ ފުޅަދޫއަކީ ފީނައިގެން މަސްވެރިކަން ކުރަމުން އައި ރަށެއް ނަމަވެސް މިހާރު އެ ރަށަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާވަމުން އަންނަ ރަށެއް ކަމަށެވެ. އަދި ބ. އަތޮޅުގެ އެހެން ރަށްތަކުގައިވެސް ލޯކަލް ޓޫރިޒަމް އަށް ދޮރުހުޅުވިފައިވާ ކަމަށާއި އެކަން އިތުރު އާ ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިހާރު އެޗްޑީއެފްސީން ދޫކުރާ ކުޑަ ލޯނުން ބޭނުންވާ ވިޔަފާއި އިތުރަށް ފުޅާ ނުކުރެވޭނެތީ އިތުރު ލޯނު އެހީއެއް ބޭނުންވާކަންވެސް ރައްޔިތުންގެ ފަރާތުން އެދިފައިވާ ކަމަށެވެ.

"ފާހަގަ ކުރައްވައިފި ލޯކަލް ޓުވަރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރައްވަކަން، އާމްދަނީ އިތުރުކުރަން މަސައްކަތް ކުރައްވާކަން، ޒުވާނުންނަށް އެކަން ކުރަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމުގެ މަގު، ފުދުންތެރި ރައްޔިތެއް ބިނާކުރުން އެންމެ ބޮޑަށް އިސްކަންދޭނެ ކަންތައް. ޓޫރިޒަމް ފުޅާ ކުރުމަށް ފަހި ގޮތްތައް ހޯދައިދޭނަން. ބެޑް ކެޕޭސިޓީ އިތުރު ކުރަން މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ރަށްތަކުގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓުމެއްނެތި ފަސް އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.