ވިޔަފާރި

އައިފޯން 15 އިން އެހެން އައިފޯނެއް ޗާޖު ކުރެވޭނެ

އާދަމް ނަސީރު

މިފަަހަރުގެ ނެރުނު އައިފޯނުގައި ހިމެނޭ އެންމެ ބޮޑު އެއް ބަދަލަކީ ޔޫއެސްބީ ސީ ޕޯޓެވެ. މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ ޔޫރަޕުގެ ގައުމުތަކުން ފާސްކުރި ގާނޫނެވެ.

އެޕަލްގެ އައިފޯން 15 އަދި އައިފޯން 15 ޕްރޯ މޮޑެލްތަކުގައި ޗާޖިން އާއި ޑޭޓާ ޓްރާންސްފާ ކުރުމަށް ލައިޓްނިން ޕޯޓެއްގެ ބަދަލުގައި ޔޫއެސްބީ-ސީ ޕޯޓެއް މިފަހަރު ހިމަނާފައިވާއިރު، މި އާ ޕޯޓުގެ ސަބަބުން އައިފޯނުތަކަށް އެހެން އައިފޯނެއް ހިމެނޭ ގޮތަށް ގިނަ ޔޫއެސްބީ-ސީ ޑިވައިސްތަކެއް ޗާޖު ކުރެވޭނެ އެވެ. މީ ކުރިން ކުރެވޭ ކަމެއް ނޫނެވެ.

އައިފޯން 15 އެއް އެހެން އައިފޯން 15 އަކަށް ކޭބަލް މެދުވެރިކޮށް ގުޅައިފިނަމަ ދެ ފޯނުން އެކަކު އަނެކަކާ މުއާމަލާތްކޮށް، ބެޓެރީގެ ބާރު މަދުން ހުންނަ އައިފޯނެއް ކަނޑައަޅައި، އެ ފޯނެއްގެ ބެޓެރި ޗާރޗްކޮށްދޭނެއެވެ. އަދި ހަމަ އެގޮތަށް ކަރަންޓް ޓްރާންސްފާ ކުރެ އެވެ. އެހެންކަމުން ބެޓެރީ ދަށްވެ، އައިފޯން 15 ގެން ގުޅޭ ރައްޓެއްސެއްގެ ބެޓެރީ ފުލް ނަމަ ރައްޓެއްސެއްގެ އައިފޯނަށް އެހެން އައިފޯނަކަށް ޖަހައިގެން ޗާޖު ކުރެވޭނެ އެވެ.

ހަމަ އެގޮތަށް ޔޫއެސްބީ-ސީ އެންޑްރޮއިޑް ފޯނަކާއެކު އެންޑްރޮއިޑް ޑިވައިސްގައި ޔޫއެސްބީ ޕަވަރ ޑެލިވަރީ ސަޕޯޓް ހުންނަ، ބެޓެރީ ލެވެލް ދަށް އައިފޯނަކާ ގުޅައިގެންވެސް އެންޑްރޮއިޑް ފޯނުގެ ބެޓެރީ ޕަވަރ ފޯރުކޮށްދެވޭނެއެވެ. ނުވަތަ އައިފޯން ޗާޖުކޮށްދެވޭނެއެވެ. އެންޑްރޮއިޑް ފޯނުގައި ޔޫއެސްބީ ޕީޑީ ނެތް ނަމަ ނަތީޖާ އެއްގޮތް ނުވާއިރު ޗާޖަރަކަށް ވާނީ ކޮން ފޯނަކަށް ކަމާއި ޗާޖު ލިބޭނީ ކޮން ފޯނަކަށް ކަމަށް ލަފާކުރެވޭނެ ގޮތެއް ނެތެވެ.

އައިފޯން 15 ގެ ޔޫއެސްބީ-ސީ ޕޯޓް ބޭނުންކޮށްގެން އެޕަލް ވޮޗެއް ނުވަތަ އެއާޕޮޑްސް ޕްރޯ 2 ޔޫއެސްބީ-ސީ ޗާޖިން ކޭސް އާއި އެކު ވެސް ޔޫއެސްބީ-ސީ އިން ޔޫއެސްބީ-ސީ ކޭބަލެއް ބޭނުންކޮށްގެން ޗާޖު ކުރެވޭއިރު، މިއީ ގިނަ ބަޔަކަށް ލިބިގެން ދިޔަ ބޮޑު ފަސޭހައެވެ. ހިތާމައަކީ އައިފޯން 15 އިން އެހެން ޑިވައިސްއެއް ޗާޖު ކުރާއިރު ޗާޖު ލިމިޓް ކުރެވެނީ 4.5 ވޯޓަށް ކަމެވެ. އެއީ އެޕަލް ވޮޗް ފަދަ ކުދި ޑިވައިސްތަކަށް އެކަށީގެންވާ ކަމެއް ނަމަވެސް އައިފޯނަކަށް މާ ބޮޑު ބާރެއް ނުލިބޭނެ ކަމަށާއި އެހެންކަމުން އައިފޯނުން އައިފޯނަށް ޗާޖިން ފަންކްޝަނަލިޓީ ބޭނުންކުރާއިރު ޗާޖުވާ ސްޕީޑް ސީދާ ކަރަންޓަށް ޖަހައިގެން ޗާޖުކުރާ ވަރަށްވުރެ ދަށްވާނެއެވެ.