ދުނިޔެ

ދެކުނު ޗައިނާގެ ދެ ސިޓީއަކަށް ނަގޫރޯޅިއެއް އަރައި ހިނގި ހާދިސާތަކުގައި 10 މީހުން މަރު!

މުހައްމަދު އައުޒަމް

ދެކުނު ޗައިނާގެ ދެ ސިޓީއަކަށް ނަގޫރޯޅި އަރައި ހިނގި ހާދިސާތަކުގައި 10 މީހުން މަރުވެއްޖެއެވެ.

ޗައިނާގެ ދެކުނުން އޮންނަ ޖިއަންގސު ޕްރޮވިންސުގެ ދެ ސިޓީއަކަށް އެރި އެ ނަގޫރޯޅިގެ ސަބަބުން ދެ ސިޓީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ޖިއަންގސު ޕްރޮވިންސުގެ ސޫޗިއަން ސިޓީ އިން ފަސް މީހަކު މަރުވެފައިވާ އިރު ގިނަ ބަޔަކަށް އަނިޔާވެގެން ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްފައެވެ.

އެ ސިޓީން 400 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާއިރު އެސިޓީން 130 ގެ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ޗައިނާގެ ޔަންޗެންގް އިން ވެސް ފަސް މީހުން މަރުވެފައިވާއިރު ހަތަރު މީހަކަށް ވަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދީފައެވެ. އެ ސިޓީން ވެސް 129 މީހަކަށް ވަގުތީ ހިޔާ ފޯރުކޯށްދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ.