ދުނިޔެ

ދެކުނު ކޮރެއާގައި ހުންނަ އެމެރިކާ އަސްކަރީ މަރުކަޒު ރެއިޑްކޮށް މަސްތުވާތަކެތި އަތުލައިގެންފި

މުހައްމަދު އައުޒަމް

ދެކުނު ކޮރެއާގައި ހުންނަ އެމެރިކާ އަސްކަރީ މަރުކަޒު ރެއިޑްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ދެކުނުން އޮންނަ އެ މަރުކަޒުގެ ތެރެއަށް ދެކުނު ކޮރެއާގެ ފުލުހުން ވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެންނެވެ.

އެ ރެއިޑުގައި ހައްޔަރުކޮށްފައި ވަނީ ކޮރެއާ ރައްޔިތަކާއި ފިލިޕީންސް ރައްޔިތެކެވެ. އެ މީހުން ހައްޔަރުކުރީ މަރުކަޒަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތެވެ. ނަމަވެސް އަތުލައިގަތީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް ނުބުނެއެވެ.

ދެކުނު ކޮރެއާގެ ފުލުހުން ހިންގި ރެއިޑުގައި މަރުކަޒުގައި އުޅޭ އެތައް ބަޔަކާ ސުވާލުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެމެރިކާ ސިފައިންގެ 17 މީހަކުވެސް ހިމެނެއެވެ. އަދި ތަހުގީގު އިތުރަށް ކުރިއަށްދާވަރަކުން އިތުރު ބަޔަކާ ސުވާލުކުރަން ޖެހިދާނެ ކަމަށް ފުލުހުން ބުނެއެވެ.