ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ އައު ސީޒަން ބޮޑު މޮޅަކާއެކު އެންމެފަހުގެ ޗެމްޕިއަން އިންގްލެންޑުގެ މެންޗެސްޓަރ ސިޓީ އާއި ސްޕޭނުގެ ބޮޑުބާރު ބާސެލޯނާއިން ފަށައިފިއެވެ. ގްރޫޕް ޖީގައި މެންޗެސްޓަރ ސިޓީ މޮޅުވީ އަމިއްލަ ދަނޑުގައި ސާރބިޔާގެ ރެޑް ސްޓަރ ބެލްގްރޭޑާ ވާދަކޮށް ތިނެއް އެކަކުންނެވެ. ސިޓީގެ ތިން ގޯލްގެ ތެރެއިން ދެ ގޯލް ޖަހައިދިނީ އާޖެންޓީނާގެ އަލްވަރޭޒެވެ. އަނެއް ގޯލްޖެހީ ސްޕޭނުގެ ރޮޑްރީއެވެ.
ސިޓީ ހިމެނޭ މި ގްރޫޕްގެ އަނެއް މެޗުގައި ސުވިޒަރލެންޑުގެ ޔަންގް ބޯއިސްްއާ ވާދަކޮށް ތިނެއް އެކަކުން ޖާރމަނީގެ އާރްބީ ލައިޕްޒިގްވެސް ވަނީ މޮޅުވެފައެވެ. ޔަންގް ބޯއިސްގެ ދަނޑުގައި ކުޅުނު މިމެޗުގައި މެހުމާނުންނަށް ގޯލްޖަހައިދިނީ ޝިމްކަންއާއި ސްލެގަރ އަދި ސެސްކޯއެވެ.
ސްޕޭނުގެ ބާސެލޯނާ މޮޅުވީ އަމިއްލަ ރަށުގައި ބެލްޖިއަމްގެ ރޯޔަލް އެންޓެވާރޕާއި ވާދަކޮށް ފަހެއް ސުމަކުންނެވެ. މީގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ފެލިކްސްއެވެ. ލެވަންޑޯސްކީ އެއްގޯލް ޖަހާފައިވާއިރު ގަވީވެސް ވަނީ ސްކޯރ ޝީޓަށް އަރައިފައެވެ. ފަސްވަނަ ގޯލަކީ އެންޓެވާރޕްގެ ޑިފެންޑަރެެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ ގޯލެކެވެ. މިއީ ގްރޫޕް އެޗްގެ މެޗެކެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ޔުކްރޭނުގެ ޝަކްޓާރއާ ވާދަކޮށް ޕޯޗުގަލްގެ އެފްސީ ޕޯޓޯ ވަނީ ތިނެއް އެކަކުން މޮޅުވެފައެވެ. ޔުކްރޭނުގައި ހަނގުރާމައެއް ކުރިއަށްދާތީ މިމެޗު ކުޅުނީ ޖާރމަނީގެ ހަމްބާގުގައެވެ. ޕޯޓޯގެ ގަލޭނީ ދެ ގޯލް ޖަހައިދިންއިރު އަނެއް ގޯލްޖެހީ ތަރީމީއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު