ރާއްޖޭގެ އުތުރުގެ ބައެއް ހިސާބުތަކުގައި ގިނަ އަަދަދެއްގެ މަސް މަރުވަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށާއި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ރިޕޯޓުކުުރުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިއުޓް (އެމްއެމްއާރްއައި) އިން ބުނެފި އެވެ.
މިދުވަސްވަރު ރާއްޖޭގެ އުތުރުން ށ، ނ އަދި ރ އަދި ޅ އަތޮޅުގެ ރަށްތަކަށް ގިނަ އަދަދެއްގެ ފަރުމަސް މަރުވެގެން ލައްގަމުންދާ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ. އެކަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ.
މެރިން ރިސާޗު އިންސްޓިއުޓުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މަސްތައް މަރުވާން ދިމާވާ ސަބަބު ދެނަގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަމުގެ ސީދާ ސަބަބު ދެނެގަނެވިފައި ނުވާ ކަމަށެވެ.
ނަމަވެސް މިފަދަ ހާދިސާތައް ކުރިމަތިވާ މައިގަނޑު ސަބަބަކީ ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި އޮއިވަރު މަޑުވުމުގެ ސަބަބުން ލޮނުގަނޑުގައި ހުންނަ އޮކްސިޖަންގެ މިންވަރު އާދަޔާ ހިލާފަށް ދަށްވުން ކަމަށް ވަނީ ބުނެފައެވެ.
އެމްއެމްއާރްއައި އިން ވަނީ މިގޮތަށް ގިނަ އަދަދެއްގެ މަސް މަރުވެފައި ހުއްޓާ ފެނިއްޖެ ނަމަ، އެކަން އެ އިދާރާއަށް އަންގަމުން ދިއުމަށް އެދިފައެވެ.
މި ދުވަސްވަރު އުތުރުގެ އަތޮޅުތަކުގެ ރަށްތަކަށް އެންމެ ގިނައިން މަރުވެގެން ލައްގާފައި ހުންނަނީ، ރޮނޑެވެ.
ޚަބަރު
ޚަބަރު
ޚަބަރު