އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިގެން ގުރުތައުން ހޮވޭ ތިން ފަރާތަކަށް 15،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭ ޕޮރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއިލް) އިން ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ، އިންޓަނޭޝަނަލް މަނީ ޓްރާންސާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފެށީ މިއަދު ކަމަށެވެ.
މި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމުގެ ގޮތުގައި ގުރުއަތުން ހޮވޭ 3 ފަރާތަކަށް 15،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު 9 ފަރާތެއް ގުރުއަތުން ހޮވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި، 500 ޑޮލަރުން ދަށުގެ ޓްރާންސެކްޝަން ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 750 ރުފިޔާގެ ގިފްޓް ކާޑެއް، 501 1000 ޑޮލަރާއި ދެމެދުގެ ޓްރާންސެކްޝަން ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް އަދި 1000 ޑޮލަރުން މަތީ ޓްރާންސެކްޝަން ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 3500 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މި މިއަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.