ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔަރުވެއްޖެއެވެ.
މި މަޝްރޫ ކުރިއަށްގެންދާ އެމްޓީސީސީއިން މިއަދު ބުނީ ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، މިދިޔަ މަހުގެ 20ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އެރަށުގެ 19,789 ކިއުބިކް މީޓަރުގެ ބިންހިއްކުމާއި 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 11.45 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭގައި ނިންމުމަށެވެ.
ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ އޭޕްރިލް 18 ވަނަ ދުވަހުގައެވެ.