ހދ. މަކުނުދޫ ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސް އިން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނިގޮތުގައި ގެއްލިގެން ހޯދަނީ، ހދ. މަކުނުދޫ / ސިތާރާމަންޒިލް، އުމުުރުން 28 އަހަރުގެ ނާޠިފް ޢަބްދުއްސަލާމް ކިޔާ ޒުވާނެކެވެ.

ފުލުހުން ބުނީ ނާޠިފް ޢަބްދުއްސަލާމްގެ ހަބަރެއް އާއިލާއަށް ނުވެގެން ސެޕްޓެމްބަރު 17 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެެ. އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި، އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 15 ވަނަ ދުވަހުކަމަށް އާއިލާއިން ބުނެއެވެ.

ނާޠިފް ގެއްލިގެން އާއިލާއިން ރިޕޯޓުކުރީ އިރު އެންމެ ފަހުން ފެނުނުއިރު އޭނާ ލައިގެންހުރީ ރުއްތަކެއް ޖަހާފައިހުރި ގަމީހަކާއި ސޯޓެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދިންކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންވަނީ ނާޠިފް އަބްދުއްސަލާމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށެވެ.