ގެއްލިގެން ހޯދަމުންދިޔަ އއ. މާޅޮހުގެ ޒުވާނާ ފެނިއްޖެއެވެ.
ފުލުހުން ގެއްލިގެން ހޯދަމުންދިޔައީ އއ. މާޅޮސް، ހުސްނޫވިލާ، އަލީ ރިޝާން (22އ) ކަމަށެވެ.
ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ބުނީ އަލީ ރިޝާންގެ އާއިލާއަށް މިހާރު އޭނާ ގުޅާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ބުނެ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާ އެންމެ ފަހުން ހަބަރެއް ވެފައިވަނީ ގާތްގަނޑަކަށް ދެ ހަފުތާ ކުރިންނެވެ.