ދުނިޔޭގެ އެންމެ ބޯ ދިގު ފިރިހެނަކީ އިންޑިއާ މީހެއް ކަމަށް ދުނިޔޭގެ ރެކޯޑުފޮތުގައި ކަނޑައަޅައިފިއެވެ.
އިންޑިއާގެ އުއްތަރަ ޕްރަދޭޝް އަށް އުފަން އުމުރުން 15 އަހަރުގެ ސިޑަކީޕް ސިންގް ޗަހާލްގެ އިސްތަށިގަނޑުގެ ދިގު މިނުގައި 4 ފޫޓާއި 9.5 އިންޗި ހުރެއެވެ.
ވޯލްޑް ރެކޯޑްސް އިން ވަނީ އޭނާގެ އިސްތަށިގަނޑުން މިންނަގައި ދުނިޔޭގެ އެންމެ ބޯ ދިގު ފިރިހެނަކީ އޭނާ ކަމަށް ކަނޑައަޅާފައެވެ.
ޗަހާލް ވަނީ ބޯ ދިގުކުރުމަކީ އޭނާ އެންމެ ކުރާ ހިތްވާ ކަންކަމަށް ބުނެފައެވެ. އޭނާގެ ހަޔާތުގައި އަދި ދުވަހަކުވެސް ބޯ ކޮށާފައި ނުވާކަމަށް ޗަހާލް ވަނީ ބުނެފައެވެ.
ޗަހާލް ބުނާ ގޮތުގައި އޭނާ ބޯ ދޮންނަނީ ހަފުތާއަކު ދެފަހަރުއެވެ. އަދި ދޮންނަ ކޮންމެ ފަހަރަކު ގަޑިއެއްހާއިރު ހޭދަވާކަމަށް ޗަހާލް ބުނެފައިވެއެވެ.