ޑަޔާނާ ބޭނުންކުރި ސްވެޓާއެއް 1.14 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.
އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދިޔަ ނީލަމުގައި ޕްރިންސެސް ޑަޔާނާ ބޭނުންކުރި އެ ސްވެޓާ ވިއްކާލުމަށް ހުޅުވާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.
ފަންސާސް ހާހާއި 80،000 އެމެރިކާ ޑޮލަރާ ދެމެދުގެ އަގެއް ހުރި، އެ ސްވެޓާގެ އަގު އުފުލުނީ ވަރަށް ގިނަ އަދަދެއްގެ މީހުން އެ ބީލަމުގައި ބައިވެރިވުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބިޑް ކުރިޔަށް ގެންދިޔަ ކުންފުނިން ވަނީ އެބިޑް ކާމިޔާބު ކުރި ފަރާތުގެ މައުލޫމާތު އާންމު ނުކުރާނެ ކަމަށް ބުނެފައެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ޑަޔާނާ ބޭނުން ކުރި ފޯޑް އެސްކޯޓް ކާރު ވަނީ 806،000 ޑޮލަރަށް ބީލަމުގައި ވިއްކާލާފައެވެ.