ޚަބަރު

ދިރާގާއެކު އަންލިމިޓަޑް ހައި-ސްޕީޑް ހޯމް އިންޓަނެޓް ހިދުމަތް!

ދިރާގުގެ ކަސްޓަމަރުންނަށް ހުރިހާ އިންޓަނެޓް ބޭނުންތަކަށް އަންލިމިޓަޑް ފައިބާ ހޯމް އިންޓަނެޓް ހަލުވި ސްޕީޑްގައި ތަޖުރިބާ ކޮށްލެވޭ ގޮތް ހަދައިފިއެވެ.

ދިރާގުން ބުނީ، ރެސިޑެންޝަލް ކަސްޓަމަރުންނަށް ބްރައުސް ކުރުމަށާއި ސްޓްރީމް ކުރުމަށާއި ގޭމް ކުޅެ ޑައުންލޯޑް ކުރުމަށްވެސް އަންލިމިޓަޑް ފައިބާ ބްރޯޑްބޭންޑް ދެ ޕެކޭޖަކުން އިހުތިޔާރު ކުރެވޭނެ ކަމަށެވެ. އެއީ 1،490 ރުފިޔާއަށް ލިބޭ ފައިބާ 50އެމް އަންލިމިޓަޑް ޕެކޭޖް ނުވަތަ 2،800 ރުފިޔާއަށް ލިބޭ ފައިބާ 100އެމް އަންލިމިޓެޑް ޕެކޭޖެވެ.

ދިރާގުން ބުނީ، މި ޕެކޭޖުތަކުގެ އަންލިމިޓަޑް ޑޭޓާ އެލަވަންސާއެކު ކަސްޓަމަރުންނަށް އެންމެ ރަނގަޅު އަގުތަކުގައި ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކްގައި އެ ފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދި ކުރެވޭނެ ކަމަށެވެ.

އަދި އެ ކުންފުނީގެ ކަސްޓަމަރުންނަށް ދިރާގު އެޕް ނުވަތަ ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފައިބާ ބްރޯޑްބޭންޑް ޕެކޭޖް ފަސޭހަ ކަމާއެކު އަޕްގްރޭޑް ކޮށްލެވޭނެ ކަމަށާއި އާ ކަސްޓަމަރެއްނަމަ މި ލިންކް https://bit.ly/3xpM4WP މެދުވެރިކޮށް އިންޓަނެޓަށް އެޕްލައި ކުރެވޭނެ ކަމަށް ބުންޏެވެ.