ގެދޮރުވެރިޔާ ސްކީމްގެ ދަށުން ނެރުނު ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ސްޓޭޓަސްއަށް ބަދަލެއް އަންނަ ނަމަ، މިހާރު [ގެދޮރުވެރިން ޕޯޓަލް](https://app.gedhoruverin.gov.mv) އިން ފެންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށްފަހު ސްޓޭޓަސްއަށް ބަދަލެއް އަންނަ ނަމަ، ޕޯޓަލުން މިހާރު ފެންނާނެ ކަމަށެވެ.
ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އަންނަ ހަފުތާގައި ނެރެން މަސައްކަތް ކުރާ އިރު، ވަގުތީ ލިސްޓުގައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީން އަންނަނީ އެ މީހުން ދިރިއުޅޭ ގެތަކަށް ޒިޔާރަތް ކުރަމުންނެވެ.
"ގެދޮރުވެރިޔާ ސްކީމު"ގެ ދަށުން ފްލެޓަށް 20،697 މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 13،763 މީހުންނެވެ. އެއީ ދެ ކޮޓަރީގެ ފްލެޓު ލިބޭ 3،903 މީހުންނާއި ތިން ކޮޓަރީގެ ފްލެޓު ލިބޭ 9،860 މީހުންނެވެ.
ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައިވާ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ވެސް މިހާރު ވަނީ އިއުލާންކޮށް، ގޯތި ބެހުމުގެ މަސައްކަތް ފަށައިފައެވެ. ގޯއްޗަށް ޝަރުތު ހަމަވާ 18،955 މީހުން ހިމެނެއެވެ. ގެދޮރުވެރިޔާ ސްކީމުން ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5،433 ގޯތި ދިނުމަށް ވަނީ ނިންމައިފައެވެ. އެއީ ޖުމުލަ 9،003 ގޯއްޗެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު