ތައިލެންޑުގެ ޗިއާންމާއީގައި ކުޅުނު ހަތަރު ގައުމުގެ ކިންގްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ފަހެއް ތިނަކުން ތައިލެންޑް ބަލިކޮށް އިރާގު މި މިމުބާރާތުގެ ތަށި ހޯދައިފިއެވެ.
ޕެނަލްޓީއަށް ދާންޖެހުނީ ދޭއްދޭއްގެ ނަތީޖާއަކުން އެއްވަރުވެގެން ފުރިހަމަ ވަގުތު ނިމުމުންނެވެ. ވަރުގަދަ އިރާގާ ދެކޮޅަށް ތައިލެންޑުން މޮޅު ކުޅުމެއް ކުޅެފައިވެއެވެ. އެހެންނަމަވެސް ޕެނަލްޓީ ޝޫޓްއައުޓްގައި ތައިލެންޑުގެ އެއް ޕެނަލްޓީ ވަނީ ބޭކާރުވެފައެވެ.
މި މިބާރާތުގެ ތިންވަނަ މަގާމު ހޯދީ ލުބުނާނެވެ. ތިންވަނަ ހޮވި މެޗުގައި އިންޑިޔާއާ ވާދަކޮށް ލުބުނާން މޮޅުވީ އެކެއް ސުމަކުންނެވެ. މިއީ ތިންމަސް ދުވަހުގެ ތެރޭގައި އިންޑިޔާއާއި ލުބުނާން ވާދަކުރި ތިންވަނަ ފަހަރެވެ. އަދި ލުބުނާން މޮޅުވި ފުރަތަމަ ފަހަރެވެ. ލުބުނާން މޮޅުވިއަސް އިންޑިޔާ ވަނީ މިމެޗުގައިވެސް މޮޅު ކުޅުމެއް ކުޅެފައެވެ.
ފައިނަލްގައި ވާދަކުރި އިރާގަކީ މި މުބާރާތުގެ އެންމެ މަތީ ރޭންކުގެ ޓީމެވެ. ތައިލެންޑަކީ އެންމެ ދަށް ރޭންކުގެ ޓީމެވެ. ތިންވަނަ ހޮވި މެޗުގައި ލުބުނާން އަތުން ބަލިވުމާ ގުޅިގެން ފީފާގެ އެންމެފަހުގެ ރޭންކިންގައި އިންޑިޔާ ވަނީ ޓޮޕް ސަތޭކައިގެ ތެރެއިން ފަހަތަށް ސޮއްސާލައިފައެވެ.