ވިޔަފާރި

އިންތިޒާރު ނިމުމަކަށް، އާ އައިފޯނު ނެރޭ އެޕަލް އިވެންޓް މިރޭ

އާދަމް ނަސީރު

އައިފޯނު ފޭނުންގެ ކުރަމުން އަންނަ އިންތިޒާރު މިރޭ ނިމުމަކަށް އަންނާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެޕަލް އައިފޯނަށް ލޯބިކުރާ ފަރާތްތަކުން އިންތިޒާރު ކުރަމުން އަންނަނީ، މިރޭ ސްޓީވް ޖޮބްސް ތިއޭޓަރުގައި ބާއްވަން ހަމަޖެހިފައިވާ އެޕަލްގެ "ވޮންޑަލަސްޓް" އިވެންޓަށެވެ. އެޕަލް ކުންފުނީގެ އެހެން އިވެންޓްތަކެކޭ އެއްފަދައިން މި އިވެންޓުގައި ވެސް އެޕަލް ކުންފުނީގެ އުފެއްދުންތަކަށް ލޯބި ކުރާ ފަރާތްތަކަށް އުފާ ގެނުވާނެ ކަންކަން އާންމު ކުރާނެ ކަމަށް ވައުދުވެފައިވާއިރު، އޭގެ ތެރޭގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އައިފޯން 15 އަށެވެ.

އެޕަލް އިން މިރޭ ބާއްވާ ހާއްސަ ހަފުލާގައި އައިފޯން 15ގެ އާ ހަތަރު މޮޑެލްގެ ފޯނު ތައް ނެރޭނެއެވެ. މި ހިނގާ ސެޕްޓެމްބަރު 15 ވާ ހުކުރު ދުވަހުން ފެށިގެން އެ ފޯނުތަކުގެ ޕްރީ އޯޑަރު ކުރެވޭނެ އެވެ.

މި ހުރިހާ ފޯނުތަކެއްގައިވެސް އައިފޯނު 14 ޕުރޯގައި ހިމެނޭ މަޝްހޫރު ޑައިނަމިކް އައިލެންޑް ހިމެނޭއިރު، ޕްރޯ މޮޑެލްތަކަށް އިތުރު ގިނަ ފީޗާސްތަކެއް ވަނީ އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ޓައިޓެނިއަމް ފްރޭމް، ކަސްޓަމައިޒް ކުރެވޭ އެކްޝަން ބަޓަން، އޭ17 ބަޔޮނިކް ޗިޕް، ވައިފައި 6އީ ސަޕޯޓް، އަދިވެސް އެތައް ކަމެއް ހިމެނެ އެވެ.

މި ފަހަރުގެ ފޯނުގައި ހިމެނޭ ހާއްސަ ބާރަ ކަމެއް ފާހަގަ ކުރެވެއެވެ. އެގޮތުން އެންމެ ފުރަތަމަ ހިމެނެނީ ޓައިޓެނިއަމް ފްރޭމް އެވެ. ކުރީގެ ޕްރޯ މޮޑެލްތަކުގައި ހުރި ސްޓެއިންލެސް ސްޓީލް ފްރޭމަށް ވުރެ ބަރުދަން ލުއި މި ތޮށިގަނޑުގެ ސަބަބުން ފޯނުގެ ބަރުދަން މިހާރަށް ވުރެ ލުއިވާނެއެވެ. މިހާރު ގެންގުޅޭ ޕުރޯ މެކްސް ފޯނުތަކުގެ ބަރުދަން ގިނަ މީހުން ބުނާ ގޮތުން ތަންކޮޅެއް އަތަށް ބަރެވެ. އެހެން ކަމުން އައިފޯން 15 ލުއިކުރުމަށް މި ބަދަލު ގެންނާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ކޮންމެ ފަހަރުކުވެސް ފޯނުގައި ބޭނުން ކުރާ ޕުރޮސެސަރު މަތި ކުރުމަކީ އެޕަލްގެ އާދައެކެވެ. އެގޮތުން އޭ17 ބަޔޮނިކް ޗިޕް، ބާރު ސްޕީޑެއްގައި، ޕަވަރ އެފިޝަންޓް، 3 ނޯޓް މީޓަރުގެ ޕްރޮސެސަރަކަށް މިފަހަރު ބަދަލުވާނެއެވެ. އައިފޯނު 14 އަށް ވުރެ 15 ހަލުއި ކުރުމަށް މި ޕުރޮސެސަރު ޕިޗް ފުދޭނެއެވެ. މީގެ އިތުރުން އައިފޯނުގެ އެކްޝަން ބަޓަން: ރިންގް/ސައިލެންޓް ސްވިޗް ބަދަލުކުރުމުން، އެކި ފަންކްޝަންތަކަށް ވެސް މި ބަޓަން ބޭނުން ކުރެވޭގޮތް މިހާރު ވަނީ ހަދާފައެވެ.

ޔޫރަޕް ގައުމު ތަކުން ފާސްކުރި ގާނޫނާ އެކު ޔޫއެސްބީ-ސީ ޕޯޓް: އާންމުކޮށް ޗާޖިން ސްޓޭންޑަޑް، ބަދަލުކޮށް ޑޭޓާ ޓްރާންސްފާ ސްޕީޑް އަވަސް ކޮށްފައިވާއިރު މިފަހަރު ނެރޭ ފޯނުގައި އާ ކުލަތަކެއްވެސް ވަނީ ހިމަނާފައެވެ. އެގޮތުން އާ ކުލަތަކުގެ ތެރެއިން ޓައިޓަން ގްރޭ، ބްލޫ، ސިލްވަރ، އަދި ސްޕޭސް ބްލެކް ހިމެނެއެވެ. މީގެ އިތުރުން އަލްޓްރާ ތިން ކަރވްޑް ބެޒެލްސް: ސްކްރީންގެ ވަށައިގެން ތުނި ބޯޑަރެއްވެސް ވަނީ ލައިފައެވެ. މީގެ އިތުރުން މިހާރު ބޭނުންކުރާ ވައިފައި ހަލުއި ކުރުމަށް ވައިފައި 6އީ ހިމަނައި، ވައިފައި 6 ގިގަހަޒް ބޭންޑަށް ފުޅާކޮށްފައިވާއިރު، މި ވައިފައިއަށް ސަޕޯޓް ކުރާ ރައުޓަރަކާއެކު ޑޭޓާ ލިބޭ ސްޕީޑް ބޮޑުތަނުން އަވަސްވެސް ވާނެއެވެ.

މީގެ އިތުރުން ފޯނުގެ ހިންގުން އަވަސް ކުރުމަށް ޓަކައި 8ޖީބީގެ ރެމް ހިމެނޭ އިރު މަލްޓިޓާސްކިން އަށް އިތުރު 2ޖީބީގެ ރެމް ވަނީ ހާއްސަކޮށްފައެވެ. ޕެރިސްކޯޕް ޓެލެފޮޓޯ ލެންސް: 5x-6x އޮޕްޓިކަލް ޒޫމް ހިމެނޭ ކެމެރާ ސެޓް ހިމެނޭ އިރު އައިފޯން 15 ޕްރޯ މެކްސް އަށް އެކްސްކްލޫސިވް އިތުރު ފީޗާސްތަކެއް ހިމެނޭނެއެވެ. މީގެ އިތުރުން އެޕަލްގެ ވީއާރު ހެޑްސެޓް އައިފޯނާ ފަސޭހައިން ގުޅުވުމަށް ވިޝަން ޕްރޯއަށް ތައްޔާރުވުމުގެ ގޮތުން ޔޫ1 ޗިޕް އައިފޯން 15 ގައި ހިމެނޭނެއެވެ. ސަބަބަކީ މިހާރު ގިނަ ޤައުމު ތަކުގައި އީސިމްގެ ޙިދުމަތް ފުޅާވެފައި ވުމެވެ.