ފުކުޝީމާ ނިއުކްލިއާ ފެން ކަނޑަށް އެޅުމުގެ ފުރަތަމަ ބުރު ނިންމާލައިފިއެވެ.
ޖަޕާނުގެ ފުކުޝިމާގައި ހުންނަ ނިއުކްލިއާ ޕްލާންޓް އޮޕަރޭޓް ކުރާ އޮފިޝަލުން ވަނީ ކުރިން ޕްލޭން ކުރެވިފައިވާ ގޮތަށް ނިއުކްލިއާ ފެން ކަނޑަށް ބޭރުކުރުމުގެ ފުރަތަމަ ބުރު އިއްޔެ ނިމިފައިވާކަން ފާހަގަކޮށްފައެވެ.
އޮފިޝަލުން ވަނީ ދެވަނަ ބުރުގެ ފެށުން ކުރިޔަށް ގެންދިއުމުގެ ކުރިން އެ ފެސިލިޓީ ސާފުކޮށް އިންސްޕެކްޓް ކުރުމަށް ނިންމާފައިވާކަމަށް ބުނެފައެވެ. ދެވަނަ ބުރުގެ މަސައްކަތް ދާނެ ގޮތް މަދު ހަފުތާތަކެއްގެ ތެރޭ އާންމުކުރާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ޖަޕާނު ސަރުކާރުން ވަނީ ހަދާފައިވާ ޓެސްޓުތަކުން އެއްވެސް މިންވަރަކަށް ޓްރިޓިއަމް (ރޭޑިއޯއެކްޓިވް) ރޭޑިއޭޝަންގެ އަސަރު ކަނޑަށް ބޭރުކުރި ފެނުން ފެންނަން ނެތް ކަމަށް ބުނެފައެވެ.
ޖަޕާނުން އުކާލާ ފެނަކީ 2011 ވަނަ އަހަރު އެ ގައުމަށް އައި ބާރުގަދަ ބިން ހެލުމާއެކު ފުކުޝީމާ ނިއުކްލިއާ ޕަވާ ޕްލާންޓަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެ ޕްލާންޓުގެ ނިއުކްލިއާ ރިއެކްޓަރުތައް ފިނިކުރުމަށް ބޭނުންކުރި ފެނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ