ޕޫޓިންގެ ހާއްސަ ދައުވަތަކަށް ކިމް ޖޮންގް އުންގެ ދަތުރުފުޅެއް ރަޝިޔާއަށް ކުރައްވާނެ ކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ދަތުރުފުޅަކީ ނުރައްކާތެރި ކަމެއްގެ ފެށުން ކަމަށް ބުނެ އެމެރިކާއިން ވަނީ ވާހަކަ ދައްކާފައެވެ. އެމެރިކާއިން ވަނީ އެ ދަތުރަކީ ހަތިޔާރު ބަދަލުކުރުމުގެ ވާހަކަތަކަށް ކުރާ ދަތުރެއްކަމަށް ތުހުމަތު ކޮށްފައެވެ.
އެމެރިކާއިން މިދިޔަ ހަފުތާގައި ވަނީ ޔޫކްރެއިން އާއި ރަޝިޔާ ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއަށް ބައިއަތު ހިފައި އުތުރު ކޮރެއާއިން ހަތިޔާރު ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.
ރަޝިޔާ އާއި އުތުރުކޮރެއާއިން ވެސް މި ދަތުރުފުޅާ ގުޅޭ އެއްވެސް ކަމެއްގައި މައުލޫމާތު ދީފައެއް ނުވެއެވެ.
ރަޝިޔާގެ ގައުމީ ޓީވީން ވަނީ ކިމް ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވަނީ އެ ކަމަށް ހާއްސަކޮށްފައިވާ ރޭލެއްގައި ކަމަށް ބުނެފައެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ދަތުރުފުޅަކީ ކޮވިޑްގެ ބަލިމަޑުކަމަށް ގައުމު ބަންދު ކުރިފަހުން ލީޑަރު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ