މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،000 އަށްވުރެ މައްޗަށް އަރައިފިއެވެ.
މެދުތެރޭ މޮރޮކޯއަށް މިދިޔަ ހުކުރު ދުވަހު އައި 6.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި އެ ގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ވެރިރަށް ކަސަބްލަންކާގެ ގިނަ އިމާރާތްތަކެއް ބިމާއި ހަމަވެ، ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަންނަނީ ކުރަމުންނެވެ.
މޮރޮކޯގެ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކު ވަނީ ބިންހެލުން އައި ސަރަހައްދުތަކުގެ ހޮސްޕިޓަލުތަކުގައި 1200 އަށްވުރެން ގިނަ މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައެވެ.
މި ބިންހެލުމުގައި މޮރޮކޯގެ ފަރުބަދަމަތީ އަވަށްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ބިން ހެލުމަށްފަހު 19 މިނެޓު ފަހުން 4.9 މެގްނިޓިއުޑްގެ އިތުރު ބިންހެލުމެއްވެސް ހަމަ އެ ސަރަހައްދަށް ވަނީ އައިސްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ