މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން ހިނގި އެކި ކަންތައްތަކާ ގުޅިގެން ހަތް މީހަކު ހައްޔަރުކުރި ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ހަ މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރީ، ވޯޓު ކަރުދާސް ދެއްކުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ބ. ތުޅާދޫގައި މީހަކު ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މައްސަލައެއް ފެންމަތިވި ކަމަށެވެ. އެ މައްސަލައިގައި އެމީހާ ދޫނުކުރާނެ ކަމަށާއި، ތަހުގީގުކޮށް އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ބ. ތުޅާދޫގައި ގަލަމަކުން ފޮޓޯ ނަގާފައި ވަނީ، ނަމަވެސް އެ ވޯޓު ކަރުދާސް ފޮއްޓަށް ލެވޭނެ، އޭނާ އެ ކުރި ކުށެއް ފުލުހުންނަށް ހުށަހަޅައިގެން ބަލާނަން، މިފަހަރަކު ދުލެއް ނުދޭނަން، ގާނޫނީގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅަން ތަހުގީގުކޮށްފަ ޕީޖީއަށް ފޮނުވާނަން،"

އެ މައްސަލައިގައި ތުޅާދޫގައި ވޯޓުލުން ވަގުތުކޮޅަކަށް ހުއްޓުނު ނަމަވެސް މާގިނައިރެއް ނުވެ ވޯޓުލާން ފެށި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.