ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހިމް މުއާޒް އަލީ (ޓީވީ މުއާ) އެމްޑީޕީއާ ގުޅިއްޖެއެވެ.
މުއާޒް އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު، މެންބާޝިޕް ފޯމު ވަނީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާ ހަވާލުކުރައްވައިފައެވެ.
އެމްޑީޕީއަށް ސޮއިކޮށް މުއާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި އަމާންކަމާއި ހަމަޖެހުން ގާއިމުކޮށްދެއްވައި، ގައުމެއްގެ ގޮތުގައި ބާކީނުވާކަން ދުނިޔެއަށް ދައްކުވައިދެއްވައިފި ކަމަށެވެ.
"މި ނުކުތީ އެއްބުރުން ރައީސް އިބޫ ދެވަނަ ދައުރަކަށް ހޮވުމަށް އަތުކުރި އޮޅާލައިގެން އިންޝާﷲ" މުއާޒް ވިދާޅުވިއެވެ.
މުއާޒް ވަނީ ޓީވީއެމްގެ އެސިސްޓެންޓް މެނޭޖަރުކަންވެސް ކުރައްވައިފައެވެ. އޭނާ އެންމެ ފަހުން ހުންނެވީ ކުރީގެ ރައީސް އަހުމަދު އަދީބު އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ނައިބު ރައީސްކަމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު