ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި އެއްވެސް ބޭފުޅަކު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކޮށް ބަންދުކޮށް އަދަބު ދީފައިނުވާ ކަަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި މިހާރު ކުރިއަށްދާ "ސަންގު ބަހުސް" ގައި މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ހުރިހާ އެންމެންނާ މެދުވެސް އަމަލުކުރާނީ އަދުލުވެރިކަމާއެކުގައި ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި ބަދަލުހިފުމުގެ ރޫހު ނިމުމަކަށް ގެންނާނެ ކަމަށާއި އޭރުން ދިވެހީންނަށް ހަމަޖެހުމުގެ ނޭވާއެއްލެވޭނެ ކަމަށެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ ޝަރުއީ ދާއިރާ ނުފޫޒުން ސަލާމަތްކޮށް ފަނޑިޔާރުގެ މިނިވަންކުރައްވާނެ ކަމަށެވެ. އަދި ކުށެއް ކޮށްފިނަމަ ކޮންމެ މީހަކަށްވެސް އަބަދު ލިބޭނެ ކަމަށާއި ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް ނަމަވެސް އެކަމުގައި ތަފާތެއް ނުކުރައްވާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ލީޑަރުން ހައްޔަރުކުރީ ކީއްވެތޯ ކުރި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުން ގާނޫނުން ބޭރުން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
"އެއްވެސް ބޭފުޅަކު އޭރުގައި ރައީސް ޔާމީންގެ ސަރުކާރުގައި ގާނޫނާއި ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކޮށް ބަންދުކޮށް އަދަބު ދެވިފައެއް ނުވާނެ. ގާނޫނީ އިމުގެ ތެރެއިން ޝަރުއީ ދާއިރާއިން ނޫން އެއްވެސް ގޮތަކަށް ކަމެއް ކުރެވިފައިވާތަކެއް ނޯންނާނެ ފެންނާނެ" މުއިއްޒު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލިއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު