އެންމެ ދިގު އިސްތަށިގަނޑާއެކު އެމެރިކާ އަންހެނަގު ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފިއެވެ.
އެމެރިކާގެ ނަޝްވިލޭގެ ޓެނިސީއަށް އުފަން އުމުރުން 58 އަހަރުގެ ޓަމީ މެނިސް ވަނީ އޭނާގެ ދިގު އިސްތަށިގަނޑު ދައްކާލައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފައެވެ.
ނަރުހެއްގެ ވަޒީފާގައި އުޅޭ މެނިސްގެ އިސްތަށިގަނޑުގެ ފަހަތު ބައިގެ ދިގުމިނުގައި ފަސް ފޫޓު 8 އިންޗި ހުރެއެވެ. އޭނާ ވަނި 1980 ވަނަ އަހަރުގެ ފަހުން އޭނާގެ އެދިގު އިސްތަށިގަނޑު ނުކޮށާކަމަށް ބުނެފައެވެ.
މެނިސް ވަނީ އޭނާއަށް ބޮލުގެ ސްޓައިލް ވަކި ގޮތަކަށް ބެހެއްޓުމަށް ހިތްވަރު ލިބިގެން ދިޔައީ އެމެރިކާގެ ރޮކްބޭންޑެއްގެ ލަވައެއް ފެނިގެން އޭގެ ސްޓައިލެއް ކޮޕީ ކުރުމުން ކަމަށް ބުނެފައެވެ.
މެނިސްގެ ވަނީ އެންމެ ފަހުން އޭނާ ބޯކޮށާފައިވަނީ 1989 ގައި ކަމަށް ބުނެފައެވެ. އޭގެ ފަހުން އެއްވެސް ވަރަކަށް ނުކޮށާ ކަމަށް މެނިސް ވަނީ ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ