ދިރާގު ރޯޑް ރޭސް 2023 އަށް ރަޖިސްޓްރީވުމުގެ މުއްދަތު އެ ކުންފުނިން އިތުރުކޮށްފިއެވެ.
ދިރާގުން ބުނި ގޮތުގައި ރޯޑް ރޭހުގެ ރަޖިސްޓްރޭޝަން މުއްދަތު އިތުރުކޮށްފައި ވަނީ އާންމުންގެ އެދުމުގެ މަތިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
އެގޮތުން ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. މި އަހަރުގެ ރަން އޮންނާނީ 27 އޮކްޓޯބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއީ މި އިވެންޓްގެ 14 ވަނަ އެޑިޝަންއެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމައުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މީގެ އިތުރުން މިއީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.
މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބިގެންދާނެއެވެ. މީގެ އިތުރުން އާ ދުވުމުގެ ރޫޓަކާއި ކުރިއަށްވުރެ ބޮޑެތި ފައިސާގެ އިނާމު ތަކާއެކު ތަފާތު ކުލަގަދަ ހަރަކާތްތަކެއްވެސް މި ފަހަރުގެ އިވެންޓްގައި ފެނިގެންދާނެއެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރާގު މޯލްޑިވްސް ރޯޑް ރޭހަކީ 2023 ވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ރަޖިސްޓްރީ ކުރުމަށާއި މި އިވެންޓާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް www.dmrr.mv ޒިޔާރަތްކޮށްލާށެވެ.
ޚަބަރު
ޚަބަރު