ހަނދުގެ ދެކުނު ތަނޑީގައި ސަލްފާ ހުރި ކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާއިން ބުނެފައިވާ ގޮތުގައި، ހަނދުގެ ދެކުނު ދަނޑީގައި ސަލްފާ ހުރިކަން ހާމަވެފައި ވަނީ މިހާރު ކުރިޔަށް ގެންދާ ދިރާސާގައި އިންޑިއާގެ ''ޗަންދްރިއާން-3'' ރޯވާ އިން ހެދި ޓެސްޓުތަކުންނެވެ.
''ޗަންދްރިއާން-3'' ރޯވާއިން ހަދާފައިވާ ޓެސްޓުތަކުން ވަނީ ސަލްފާގެ އިތުރުން ހަނދު ދެކުނު ތަނޑީގައި އިތުރު މައުދަން ތަކުގެ އަސަރު ކުރިކަމަށްވެސް ދައްކާފައި ކަމަށް އިންޑިއާއިން ބުނެއެވެ.
ހަނދު ދެކުނު ތަނޑީގައި އެލްމިނިއަމްގެ އިތުރުން ކެލްސިއަމް އާއި އަޔަން، ކްރޯމިއަމް އަދި އޮކްސިޖަން ހުރިކަމަށްވެސް މި ދިރާސާއިން ދައްކާފައިވާ ކަމަށް އިންޑިއާއިން ބުނެއެވެ.
''ޗަންދްރިއާން-3'' ރޯވާއިން މިހާރު ކުރިޔަށް ގެންދަނީ ހަނދުގެ ދެކުނު ތަނޑީގައި ހައިޑްރޮޖަންގެ އަސަރު ފެންނަން ހުރިތޯ ބެލުމުގެ ދިރާސާ ކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑިއާގެ ޖައްވީ ދިރާސާއާ ބެހޭ އިދާރާއިން ވަނީ ''ޗަންދްރިއާން-3'' ރޯވާއިން ބޭނުންކުރާ ޓެކްނޮލޮޖީ އަކީ ލޭޒާ އިންޑިއުސް ބްރޭކްޑައުން ސްޕެކްޑްރޮސްކޮޕީ ކަމަށް ބުނެފައެވެ. މި ޓެކްނޮލޮޖީގެ އެހީގައި ބިމުންނާއި ވައިން ސާމްޕަލް ނަގައި ތަހުލީލު ކުރުމުގެ ގާބިލުކަން އެ އުޅަނދަށް ލިބިގެން ދެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ