އޮސްޓްރޭލިއާ އަންހެނެއްގެ ސިކުނޑިން ތިން އިންޗި ދިގު ފަންޏެއް ނަގައިފިއެވެ.
އޮސްޓްރޭލިއާގެ ކޭންބެރާ ހޮސްޕިޓަލުގައި ސާޖަރީއެއް ހެދުމުގެ ތެރޭގައި ޕެރަސައިޓް ފަނި ފެނިފައިވަނީ އުމުރުން 64 އަހަރުގެ އަންހެނެއްގެ ސިކުނޑިންނެވެ.
ސާޖަރީގައި ހަރަކާތްތެރިވި ނިއުރޯސާޖަން ޑރ ހަރި ޕްރިިޔާ ބަންދީ ވިދާޅުވެފައިވާ ގޮތުގައި މިއީ ދުނިޔޭގައި ފުރަތަމަ ފަހަރަށް އިންސާނެއްގެ ސިކުނޑިން ދިރި ހުރި ފަންޏެއް ފެނުނު ފަހަރެވެ.
ޕެރަސައިޓު ފަނި ފެނުމާއެކު ހޮސްޕިޓަލުގެ އޮފިޝަލުން ވަނީ އިތުރު ދިރާސާ ކުރުމަށް ޕެރަސައިޓާ ބެހޭ ހާއްސަ ރިސާޗް ސެންޓަރަކަށް ފޮނުވާފައެވެ.
ސައިންސުވެރިންގެ ހާއްސަ ޓީމަކުން ކުރި ދިރާސާއިން ވަނީ އެއީ އާންމުކޮށް ޕައިތަން އިން ފެންނަ ޕެރަސައިޓް ފަންޏެއް ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
ކޭންބެރާ ހޮސްޕިޓަލުގެ ހާއްސަ ޓީމަކުން ވަނީ އެ މީހާ ދިރި އުޅޭ ސަރަހައްދުތަކާއި އެމީހާއާ ގުޅުން ހުތި ތަންތަން ބަލައި އެ ޕެރަސައިޓު އެ މީހާގެ ސިކުނޑިން ފެންނަށް ޖެހުނު ސަބަބު ހޯދުމަށް ދިރާސާ ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ