ކޮވިޑަށްފަހު އުތުރު ކޮރެއާ ފުރަތަމަ ފަހަރަށް ހުޅުވާލައިފިއެވެ.
އުތުރު ކޮރެއާގެ ސްޓޭޓް އިމަޖެންސީ އެޕިޑަމިކް ޕްރެވެންޝަން ހެޑްކުއާޓާސް އިން ބުނީ، އެ ގައުމު ހުޅުވާލަން ނިންމީ ދުނިޔޭގެ އެހެން ގައުމުތަކުން ކޮވިޑްގެ ބަލިމަޑުކަމުން އަޅާފައިވާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް، އެ ގައުމުތަކުން ދީފައިވާ ލުއިތަކަށް ބަލާފަ ކަމަށެވެ.
އުތުރު ކޮރެއާގެ ބޯޑަރު ހުޅުވާލި ނަމަވެސް އެ ގައުމަށް އެތެރެވާ މީހުން އެއް ހަފުތާގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެއެވެ. ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނީ ހާއްސަ މެޑިކަލް އޮބްޒަވޭޝަންތަކެއް ކުރާ ކަރަންޓީން ވޯޑެއްގައެވެ.
ބޯޑަރު ހުޅުވާލުމާއެކު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އުތުރު ކޮރެއާއިން ވަނީ އެ ގައުމުގެ ޕިޔޮންގްޔަންގް އިން ބެއިޖިންއަށް ފުރަތަމަ ބައިނަލްއަގުވާމީ ކޮމާޝަލް ފްލައިޓުތަކުގެ ދަތުރުތައް ފަށައިފައެވެ.
އުތުރު ކޮރެއާގެ ބޯޑަރުތައް ބަންދު ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ކުރީކޮޅުއެވެ.