ސައުދީއަށް ކުރަމުންދާ ވިއްސާރައިގައި އެކަކު މަރުވެއްޖެއެވެ.
މިދިޔަ ބުދަދުވަހުން ފެށިގެން ސައުދީ އަރަބިއްޔާގެ މައްކާއަށް ވިއްސާރަވެ ބޯކޮށް ވާރޭވެހުމުގެ އިތުރުން ވިދައި ގުގުރަމުން ދިޔަކަމަށް ސައުދީ ނޫސްތަކުން ބުނެއެވެ.
ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ މިނާގެ ސްކޫލް ޓީޗަރަކު ވަނީ އޭނާ ދުއްވަމުން ދިޔަ ކާރު ފެންގަނޑުތެރެއަށް ގަނބައިގެން ދިއުމުގެ ސަބަބުން ސަލާމަތް ވާން އުޅެނިކޮށް މަރުވެފައެވެ.
ސައުދީގެ ނެޝަނަލް ސެންޓަ ފޯ މީޓިރިއޮލޮޖީގެ ތަރުޖަމާނު ހުސައިން އަލް ގަހްތާނީ ވަނީ އެގައުމަށް ބުދަދުވަހުގެ ރޭ ގަޑިއަކު 80 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހުނުކަމަށް ބުނެފައެވެ. މީގެ އިތުރުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 45 މިލިމީޓަރަށް ވާރޭވެހުނުކަމަށް ވެސް ތަރުޖަމާނު ފާހަގަކޮށްފައިވެއެވެ.
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި ވައިގަދަވި ވަގުތު ވަޔާއެއްކޮށް އެކި ދިމާދިމާލަށް މީހުންނާއި ތަކެތި އުކައިލައެވެ. މީގެ އިތުރުން މައްކާގައި ހުންނަ ކްލޮކް ޓަވަރަށް ހޮނުއެޅި މަންޒަރުވެސް ވަނީ ބައެއް މީހުން ނަގައި މީސްމީޑިއާއަށް ލައިފައެވެ.
ސައުދީގެ މެޓުން ވަނީ އަންނަ ހަފުތާގައި ވެސް އެގައުމަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ