ފުކުޝީމާއިން ނިއުކްލިއާ ފެން ކަނޑަށް އަޅަން ފަށައިފިއެވެ.
އަވަށްޓެރި ގައުމުތަކުން ދެކޮޅުހަދަމުން ދަނިކޮށް ފުކުޝީމާއިން ނިއުކްލިއާ ފެން ކަނޑަށް އަޅަން ފެށީ އިއްޔެއެވެ.
ޖަޕާނުން ވަނީ 540 އޮލިމްޕިކް ސުވިމިން ޕޫލްގެ ފެނާ އެއްވަރު އަދަދެއްގެ ނިއުކްލިއާ ފެން ޕެސިފިކް ކަނޑަށް އަޅަން ޖެހޭކަމަށް ބުނެފައެވެ.
ފުކުޝީމާ ނިއުކްލިއާ ޕްލާންޓު އޮޕަރޭޓް ކުރާ ކުންފުނި ޓެޕްކޯ އިން ވަނީ ޕަމްޕުތައް ޖައްސައި ފެން ބޭރުކުރުމުގެ މަސައްކަތް ފަށާފައެވެ. އެ ކުންފުނިން އެކަން ކުރަނީ އދ ގެ ނިއުކްލިޔާއާއި ބެހޭ އިދާރާގެ ބެލުމުގެ ދަށުންނެވެ.
ޖަޕާނުން ވަނީ ކަނޑަށް އަޅައިލުމަށް ހަމަޖެހިފައިވާ ފެނަކީ އެފެނުގެ ސަބަބުން އެއްވެސް ބަޔަކަށް އެކަމުގެ ނުރައްކަލެއް ނެތް ސާފު ފެނެއް ކަމަށް ބުނެފައެވެ.
ޖަޕާނުން އުކާލާ ފެނަކީ 2011 ވަނަ އަހަރު ޖަޕާނަށް އައި ބާރުގަދަ ބިން ހެލުމާއެކު ފުކުޝީމާ ނިއުކްލިއާ ޕަވާ ޕްލާންޓަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެ ޕްލާންޓުގެ ނިއުކްލިއާ ރިއެކްޓަރުތައް ފިނިކުރުމަށް ބޭނުންކުރި ފެނެވެ.
ޕެސިފިކް ކަނޑަށް ނިއުކްލިއާ ފެން ދޫކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ގުދުރަތީ ވެއްޓަށް ނުރައްކާވެ އެކަމުގެ އަސަރު އަވައްޓެރި ގައުމުތަކަށް ކުރާނެކަމަށް ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ