މެލޭޝިއާގައި ވެއްޓުނު ޖެޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރު ހޯދައި ތަހުގީގު ފަށައިފިއެވެ.
މިދިޔަ ހަފުތާގައި މެލޭޝިއާގެ ހައިވޭއަށް ވެއްޓުނު ޖެޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރު ހޯދައިފައިވާއިރު މެލޭޝިއާއިން ވަނީ ކޮކްޕިޓް ވޮއިސް ރެކޯޑަރު އެނަލައިޒް ކުރުމަށް ސިންގަޕޫރުގެ އެއާ އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯއާ ހަވާލުކޮށްފައެވެ.
މަރުވި މީހުންގެ ތެރޭގައި ޖެޓުން ދަތުރުކުރި ހަ ފަސިންޖަރުންނާއި ދެ ފަޅުވެރީންގެ އިތުރުން ޖެޓު ވެއްޓުނު ހައިވޭއިން ދަތުރުކުރި ދެމީހަކުވެސް ހިމެނެއެވެ.
މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރު އެންތޮނީ ލޯކް ވަނީ މެލޭޝިއާގައި ކޮކްޕިޓް ވޮއިސް ރެކޯޑަރު ތަހުލީލު ކުރާނެ އާލާތެއް ނެތްކަމަށާއި ސިންގަޕޫރު އެކްސްޕާޓުންގެ އެހީގައި ކޮކްޕިޓް ވޮއިސް ރެކޯޑަރުގެ 30 މިނިޓުގެ ރެކޯޑިން ތަހުލީލުކުރުމަށް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެފައެވެ.
ސިންގަޕޫރުގެ އެކްސްޕާޓުން ވަނީ ކޮކްޕިޓް ވޮއިސް ރެކޯޑަރު ތަހުލީލު ކުުރުމަށް ހޭދަވާނީ ކިހާ ދުވަހެއް ކަމެއް އަދި ބުނަން ދަތި ކަމަށްބުނެފައެވެ. ނަމަވެސް ޓެކްނިކަލް މައްސަލައެއް ދިމާނުވާނަމަ މަސައްކަތް އަވަސްވާނެކަމަށް ސިންގަޕޫރުގެ އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ