އިދިކޮޅު ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ރާއްޖޭގެ ވެރިކަން ލިބިއްޖެ ނަމަ ޕީޕީއެމްގެ ވަސްވެސް ރާއްޖޭގައި ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާ މާރިޔާ ވިދާޅުވީ، މުއިއްޒު ވަނީ ޕީޕީއެމްގެ އަތުން ރިޔާސީ ޓިކެޓު ޖަހައިގެންފައި ކަމަށެވެ.
މާރިޔާ ވިދާޅުވީ، ފެންނަން އޮތް ހަގީގަތަކީ ޕީޕީއެމްގެ ކުލަވެސް އަދި ލޯގޯވެސް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ނޯންނަކަން ކަމަށާއި މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ ޕީޕީއެމަށް ޖެހޭނީ ކުރީގައި ޑީއާރްޕީއަށް ޖެހުނު ހާލު ކަމަށެވެ.
"މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ މުއިއްޒު ހަމަ ކުރީގައި ޑީއާރްޕީގެ ވެރިކަން ޕީޕީއެމަށް ބަދަލުވި ގޮތަށް ޕީޕީއެމްގެ ކުލަ މުއިއްޒު ފޮހެލައްވައި ކަރުދާސްކޮޅުގައި އެ ކުލަ ނެތް ގޮތަށް ޕީޕީއެމްގެ ވަސްވެސް މި ރާއްޖޭގައި ނޯންނާނެކަން އެއީ މިހާ ހިސާބަށް ރާއްޖޭގެ ކަންކަން ހިނގާފައިވާ ގޮތުން ސާފުވާ ކަމެއް" މާރިޔާ ވިދާޅުވިއެވެ.
އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނުކުންނަވާފައިވާއިރު، މުއިއްޒަށް ޕީއެންސީގެ ޓިކެޓު ލިބިވަޑައިގަތީ، ނުފޫޒުގެ ބޭނުންކޮށްގެން ކަމަށް ޕީޕީއެމްގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެޑްވައިޒަރުކަމުންނާއި ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގެން ޖުމުހޫރީ ޕާޓީއާ މި ފަހުން ގުޅިވަޑައިގަތް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތެރޭގައި ކަންކަން ހިނގާފައިވަނީ ރައީސް ޔާމީން ބޭނުންފުވާ ގޮތަށް ނޫން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު