4285 މީޓަރު އުހުގައި ޝޯއެއް ބާއްވައި، ރެކޯޑެއް މުގުރާލައިފިއެވެ.
އިންޑޮނޭޝިއާގެ ރޮކް ބޭންޑެއް ކަމަށްވާ "ސްލޭންކް" އިން ވަނީ އެ ގައުމުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކަނޑުގެ ލޮނުގަނޑަށްވުރެން 4285 މީޓާރު އުހުގައި ޝޯއެއް ބާއްވައިފައެވެ. މިޝޯ ވެގެން ދިޔައީ އިންޑޮނޭޝިއާގެ ރެކޯޑް މުގުރާލި ޝޯއެއްކަމުގައެވެ.
އިންޑޮނެޝިއާ ސަރުކާރުގެ ހިއްސާ އޮންނަ ޕީޓީ ފްރީޕޯޓުން އިންތިޒާމުކޮށްގެން ބޭއްވި އެ ޝޯގައި ވަނީ "ސްލޭންކް" ބޭންޑުގެ މަޝްހޫރު ލަވަތައް ކުޅެފައެވެ. ޕީޓީ ފްރީޕޯޓަކީ މައިނު އޮޕަރޭޓް ކުރާ ކުންފުންޏެކެވެ.
އެހާ އުހުގައި ޝޯއެއް ބޭއްވުމުގައި ދިމާވެދާނެ ނުރައްކަލަށްވެސް ބޭންޑު އޮތީ ތައްޔާރުވެފައެވެ. އެ ގޮތުން ބޭންޑުގެ ބައެއް މެންބަރުން ތިބީ އޮކްސިޖަން މާސްކު އަޅައިގެން ކަމަށް އޮފިޝަލުން ބުނެއެވެ.
ޝޯއަށް ހާއްސަކޮށްގެން ހަދާފައިވާ ހާއްސަ ސްޓޭޖެއްގައި ޝޯވް ކުރިޔަށް ދިޔައިރު ފިނިހޫނުމިން ހުރީ 8 ޑިގްރީ ސެލްސިއަސްގައެވެ.
މިދިޔަ އަހަރުވެސް ޕީޓީ ފްރީޕޯޓް އިން ވަނީ ތަފާތު ޝޯއެއް ބާއްވާފައެވެ. މިދިޔަ އަހަރުގެ ޝޯ އޮތީ މައިނެއްގެ ތެރޭގައެވެ. އެޝޯ ވެގެން ދިޔައީ އިންޑޮނޭޝިއާގައި އެންމެ އަޑީގައި ބޭއްވި ޝޯ ކަމުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ