އައިއޯއައިޖީ ގައި ވާދަކުރާ ފުރަތަމަ ފަހަރު ވެސް ޓައެކްވަންޑޯ ޓީމުން ރަން މެޑެއްޔަށް އަމާޒު ހިފައިފިއެވެ.
ފަސް އެތްލީޓުންނާ އެކު ޓީމު ތައްޔާރުވަމުން ދަނީ މޮރޮކޯގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. މޮރޮކޯ ކޯޗު އަދުނާން ކަނާނޭއާ އެކު ޓީމު ތައްޔާރުވަމުން އަންނަތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.
އަދުނާން ބުނީ އޭނާ ޓީމާ ހަވާލުވެ ރައްޖެ އައީ އަމާޒުތަކެއް ކަނޑައަޅައިގެން, އެކަން ހާސިލުކުރަން ކަމަށެވެ. އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ އަމާޒުތަކަށް ވާސިލުވެ، ދެން އޮތީ މެޑަލް ހޯދުން ކަމަށެވެ. ކޯޗު ބުނީ އޭނާގެ އަމާޒަކަށް ވެފައި އޮތީ ރަނގަޅު ޓީމެއް އެކުލަވާލުން ކަމަށެވެ.
ރާއްޖޭގެ ޓީމު މިހާރު ހުރިހާ ގޮތަކުންވެސް ކުރިއެރުން ހޯދައިފި ކަމަށާއި، މެންޓަލީ އަދި ފިޒިކަލީ ވެސް ޓީމު އޮތީ ތައްޔާރަށް ކަމަށް އަދުނާން ބުންޏެވެ.
"ޓީމު އޮތީ ތައްޔާރަށް, ތައްޔާރުވުންތައް ދަނީ ރަނގަޅަށް. ވަރަށް ބުރަކޮށް މަސައްކަތްކުރަމުން މިދަނީ. އަހަރެމެންގެ އޮތީ ވަރަށް ވަރުގަދަ ޓީމެއް. އިންޝާﷲ އަހަރެމެން ދާނީ މެޑަލް ހޯދަން. މިހާރު އޮތީ މެޑަލް ހޯދޭނެ ރަނގަޅު ޓީމެއް،" އަދުނާން ބުންޏެވެ.
ރާއްޖޭގެ ޓީމުގެ އެތުލީޓުން ބުނީ ކޯޗާ އެކު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑު ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށާއި ރަން މެޑަލް ހޯދޭނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
"ސްޕީޑް ވެސް, ފިޓްނަސް ލެވެލް ވެސް، ރިފްލެކްސް ވެސް، އިމްޕްރޫވް ވެއްޖެ. ޓާގެޓަކީ ހަމަ ރާއްޖެއަށް ގޯލްޑް މެޑަލްއެއް ހޯދއިދިނުން. ވަރަށް އުއްމީދު އެބައޮތް ހޯދައިދެވޭނެކަމަށް،" ޓީމުގައި ހިމެނޭ އަންހެން އެތުލީޓު، ފާތިމަތު އިބްރާހީމް ބުންޏެވެ.
ރާއްޖޭގެ ޓީމުގެ ފިރިހެން އެތުލީޓު އަހުމަދު ފަޒީލް ބުނީ އަލަށް އައިއޯއައިޖީގައި ވާދަކުރާ ފަހަރު ވެސް ހުރިހާ ކުދިންގެވެސް އަމާޒަކީ ރަން މެޑަލް ހޯދުން ކަމަށެވެ. އޭނާ ބުނީ ކުރެވޭނީ މަސައްކަތް ކަމަށާއި، ޓީމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
- ނޯޓު: މި އާޓިކަލްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތުގެ ދަށުން، އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް