މިހިނގާ އޮގަސްޓް މަހަކީ ވޭތުވެދިޔަ 100 އަހަރުތެރޭ އެންމެ ބޮޑަށް އިންޑިއާ ހަނަފަސް ވާނެ މަސްކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާގެ އޮފިޝަލުން ބުނެފިއެވެ.
އިންޑިއާގެ މޫސުމާބެހޭ އިދާރާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ އެ ގައުމުގެ ބޮޑު ސަރަހައްދަކަށް މިމަހު ވާރޭވެހުން މަދުވާނެ ކަމަށެވެ. އޮފިޝަލުން ބުނެފައިވަނީ އެލްނީނޯއާ ގުޅިގެން މެދުވެރިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން އިންޑިއާއަށް ހަނަފަސްކަން އިތުރުވެގެންދާނެކަމަށެވެ.
ވާރޭ ވެހުން މަދުވުމުގެ ސަބަބުން ދަނޑުވެރިކަމަށް އޭގެ ސީދާ އަސަރު ކުރާނެކަމަށް ބެލެވޭއިރު އިންޑިއާގެ ދަނޑުތަކުގައި އުފައްދާ ބާވަތްތަކުގެ އުފެއްދުންތެރިކަށް ދަށްވެ އެކަމުގެ ސީދާ އަސަރު އިގްތިސޯދަށް ވަރަށް ބޮޑަށް ކުރާނެކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.
މިހާތަނަށް މިމަހުގެ 1 ވަނަދުވަހުން 17 ވަނަ ދުވަހާ ދެމެދު އިންޑިއާއަށް ވެހިފައި ވަނީ 90.7 މިލިމީޓަރުގެ ވާރޭކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ. މިއީ އާންމު މަހަކަށްވުރެން 40 އިންސައްތަ ދަށްވުމެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ