މާފުށިން ހިއްކި ބިމުން ދިރިއުޅުމަށް ދޫކުރާ 308 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިރޭ އާންމުކޮށްފިއެވެ.
މާފުށީ ކައުންސިލުން މިރޭ ކުރި އިއުލާނުގައި ބުނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
މާފުށިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި މުޅިންވެސް ތިބީ އެ ރަށުގެ ރަޖިސްޓަރީގައި ތިބި މީހުންނެވެ.
މާފުށީ ކައުންސިލުން ބުނީ ޝަކުވާތައް ބެލުމަށް ފަހު، އެ ލިސްޓަށް އުނި އިތުރު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ މާފުށީގެ ހިއްކި ބިމުން ދިރިއުޅުމަށް 2،000 އަކަފޫޓުގެ 308 ގޯތި ދޫކުރަން ނިންމައި އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މާޗު މަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު