އިންޑިޔާއާއެކު އަލުން ސުލްހައިގެ މަޝްވަރާތައް ފަށަން ޕާކިސްތާނު އޮތީ ތައްޔާރަށް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒު ޝަރީފު ވަނީ ހުސްވި ހަފުތާގެ އަންގާރަ ދުވަހު ވިދާޅުވެފައެވެ. މި ވިދާޅުވުމާ ގުޅިގެން ސުލްހަޔާއި އަމާންކަން ގާއިމުވުމުގެ އުއްމީދުތައް އަހަރުތަކަކަށްފަހު އަނެއްކާވެސް ވަނީ އައުވެގެން ގޮސްފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރުގެ ވިދާޅުވުން އައިސްފައިމިވަނީ ޖައްމޫ އާއި ކަޝްމީރަށް ގާނޫނީގޮތުން ދެވިފައިއޮތް ހައިސިއްޔަތު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން 2019 ވަނަ އަހަރު ނިގުޅައިގަތުމާ ގުޅިގެން އިންޑިޔާ އާއި ޕާކިސްތާނުގެ ސިޔާސީ ގުޅުމުގެ ދަރަޖަ ޕާކިސްތާނުން ވަރަށް ބޮޑަށް ތިރިކޮށް ހުރިހާ ބާވަތެއްގެ މަޝްވަރާތައް ހުއްޓާލައިގެން ތިބޭތާ ހަތަރު އަހަރު ފަހުންނެވެ. ނާމާންކަމާއި ބަނަކަމުގެ ހަތަރު އަހަރަށްފަހުގައެވެ.
އިނގިރޭސީންގެ އަތްދަށުން 1947 ވަނަ އަހަރު މިނިވަންވުމަށްފަހު އިންޑިޔާ އާއި ޕާކިސްތާނު ވަނީ މިހާތަނަށް ތިން ހަނގުރާމައެއް ކޮށްފައެވެ. އޭގެތެރެއިން ދެ ހަނގުރާމަ ހިނގާފައިވަނީ ކަޝްމީރުގެ މައްސަލައިގައެވެ. ކަޝްމީރުގެ އެއްބައި އޮންނަނީ ޕާކިސްތާނުގެ ދަށުގައެވެ. ބޮޑުބައި އޮންނަނީ އިންޑިޔާގެ ވެރިކަމުގެ ދަށުގައެވެ. ކަޝްމީރާމެދު ވާހަކަފުޅު ދައްކަވަމުން ހުސްވި ހަފުތާގެ އަންގާރަ ދުވަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒު ވިދާޅުވިއެވެ. އެންމެހައި މައްސަލަތަކާމެދުވެސް އިންޑިޔާއާއެކު މަޝްވަރާކޮށް ސުލްހަވެރި ހައްލެއް ހޯދުމަށް ޕާކިސްތާނު ބޭނުންވެއެވެ. އެކަމަކު އެއީ ޝަރުތުތަކަކާއެކުގައެވެ. މަޝްވަރާކުރުމަށް އިންޑިޔާވެސް ސީރިއަސްވާން ޖެހޭނެއެވެ. ސުލްހަ ގެނައުމަށް ސީރިއަސްވާން ޖެހޭނެއެވެ.
ބޮޑުވަޒީރު ޝާހުބާޒު ވިދާޅުވިގޮތުގައި ހަނގުރާމަކޮށްގެން ދެން އެއްވެސް ބަޔަކަށް ނަތީޖާއެއް ނުނެރެވޭނެއެވެ. ހަނގުރާމައިން ފައިދާވެފައިވަނީ އަދި ދެންވެސް ފައިދާވާނީ ފަގީރުކަމާއި ކެކުޅުންތަކެވެ. އެހެންވީމާ އެއްވެސް ބަޔަކަށް ހަނގުރާމައިން ހޯދޭނެ މޮޅަކާއި މަސްލަހަތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިޔާއަކީވެސް އަދި ޕާކިސްތާނަކީވެސް ނިއުކުލިއަރ ބާރު ލިބިގެންވާ ގައުމުތަކެވެ. ނިއުކުލިއަރ ހަތިޔާރާއި އޭގެ ނުރައްކަލަށް އިޝާރާތް ކުރައްވަމުން ޝާހުބާޒު ޝަރީފު ވިދާޅުވީ މިހެންނެވެ. ނިއުކުލިއަރ ކުރިމަތިލުމެއްގެ ބިރުވެރިކަން އިންޑިޔާއަށްވެސް އެނގޭނެއެވެ. މޮޅުވީ ކޮންބައެއްކަން އަދި ބަލިވީ ކޮންބައެއްކަން އެނގޭނީ އެވާހަކަ ބުނެދޭނެ ބަޔަކު ތިބެގެން ކަމަށާއި އެފަދަ ބަޔަކު ނުތިބޭނެކަން ކަށަވަރު ކަމަށްވެސް ޝާހުބާޒު ވިދާޅުވިއެވެ.
އިންޑިޔާއާއެކު މަޝްވަރާތައް ފަށަން ތައްޔާރުކަމުގެ ސިގްނަލް ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ ތެރޭގައި މިއީ އެފަދަ ދެވަނަ ސިގުނަލެވެ. މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރޭގައިވެސް ޝާހުބާޒް ޝަރީފު ވަނީ ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވައިފައެވެ. އިންޑިޔާއާއި ޕާކިސްތާނުގެ މަޝްވަރާތައް އަލުން ފެށުމަށްޓަކައި ޔުނައިޓެޑް އެމިރޭޓްސްގެ މެދުވެރިކަމުގެ ދަށުން މަސައްކަތްތަކެއް ފެށުމުގެ ދައުވަތުވެސް ޝާހުބާޒު ޝަރީފު ވަނީ އެމިރޭޓްސްއަށް ދެއްވައިފައެވެ. އެހެންނަމަވެސް މިހާތަނަށް އަމަލީ ގޮތުން އެއްވެސް ކުރިއެރުމެއް އޮތީ ނުހޯދިފައެވެ. ނުވަތަ ނުލިބިއެވެ. އޭގެ ސިއްރަކީ އިންޑިޔާއިން މިކަން ސީރިއަސްކޮށް ނުނެގުމެވެ. މިފަހަރުވެސް އިންޑިޔާގެ ފަރާތުން އަދި އެދެވޭ ޖަވާބެއް ނުލިބެއެވެ.
އިންޑިޔާއިން މަޝްވަރާތަކާމެދު ސީރިއަސް ނުވުމުގެ ސަބަބުތަކެއް އެބަހުއްޓެވެ. މައިގަނޑު ސަބަބަކީ މަޝްވަރާތައް ފެށުމުގެ ކުރިން ނުވަތަ އެކަމަށް މަގުޗާޓެއް އެކުލަވައިލުމުގެ ކުރިން ޕާކިސްތާނުން ކުރަންޖެހޭ ކަމަށް އިންޑިޔާ ގަބޫލުކުރާ ބައެއް ކަންކަން ފުރިހަމަކޮށްފައި ނެތުމެވެ. ނުވަތަ އެކަންކަން ކުރާނެކަމުގެ ޔަގީންކަން ނުލިބުމެވެ. އޭގެތެރޭގައި ހަނގުރާމަވެރި ބައެއް ޖަމާއަތްތައް ހުއްޓުވައި ފިޔަވަޅު އެޅުން ހިމެނެއެވެ. އިންޑިޔާގައި މިހާރު އެއޮތީ ބީޖޭޕީގެ ސަރުކާރެކެވެ. ޕާކިސްތާނާމެދު ހަރުކަށިކަން ގެންގުޅޭ ސަރުކާރެކެވެ. ބޮޑުވަޒީރު މޯދީގެ ޚާރިޖީ ސިޔާސަތުގެ އަމާޒަކީ ޕާކިސްތާނަށް ދަތިކޮށްގެން މަޖުބޫރުކޮށްގެން ކަންކަން ކުރުވުމުގެ ސިޔާސަތެކެވެ. އެހެންވީމާ މިހެން އަދި މަޝްވަރާއޭ ޕާކިސްތާނުން ބުންޏަކަސް އަވަސް އަވަހަށް އާނއެކޭ ބުނުމުގެ ވިސްނުމެއް ފިކުރެއް ނުގެންގުޅެނީއެވެ.
ބޮޑުވަޒީރު ޝާހުބާޒު ޝަރީފު ދެއްވި ދައުވަތުގެ ސަބަބުން ޕާކިސްތާނުގެ ސިޔާސަތު އެއޮތީ ހާމަވެފައެވެ. އެއީ މަޝްވަރާތައް ފެށުމުގެ ސިޔާސަތެވެ. ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމުގެ ސިޔާސަތެވެ. އެކަމަކު މަޝްވަރާތައް ފެށޭނީ އެކަމަށް އިންޑިޔާއިން އިޖާބަދިނުމުންނެވެ. އެއްބަސްވުމުންނެވެ. އިންޑިޔާ ރުއްސުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައަށް އަދާކުރެވިދާނެ ދައުރެެއް އެބައޮތެވެ. ޚާއްސަކޮށް އެމެރިކާ އާއި ޔޫރަޕުގެ އިއްތިހާދަށެވެ. މީގެތެރެއިން އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ ޕާކިސްތާނުގެ ގޮވާލުމަށް މަރުހަބާ ކިޔައިފައެވެ. ދެގައުމުގެ މެދުގައި ސީދާ މަޝްވަރާތައް ފެށުމަށް ވަރަށް ބޮޑަށް ތާއީދުކުރާކަމަށްވެސް ވަނީ ބުނެފައެވެ. ބޮޑެތި ބާރުތަކުން މިޒާތަށް ޑިޕްލޮމެޓިކް ޕްރެޝަރ ޖައްސައިފިނަމަ އިންޑިޔާވެސް މަޝްވަރާއަށް އެއްބަސްވުމަކީ ވެދާނެ ކަމެކެވެ. އެކަމަކު މިހާރު މަންޒަރުތައް ފެންނަގޮތުން މިކަން އަވަހެއް ނުވާނެއެވެ. އަވަސްކުރުމަކީ ޕާކިސްތާނުގެ މަސްލަހަތުކަމަށްވިޔަސް އިންޑިޔާގެ މަސްލަހަތު އޮތީ އަދި އެހެން ގޮތަކަށް ކަމަށް ނިއުދިއްލީން ގަބޫލުކުރާތީއެވެ.
ޕާކިސްތާނާއި އިންޑިޔާގެ މެދުގައި ސީދާ މަޝްވަރާތައް ފަށަން ބޭނުންވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒު ޝަރީފު ވަނީ ވިދާޅުވެފައި.
އިންޑިޔާ އާއި ލުބުނާން މިއަހަރުގެ ތެރޭގައި ތިންވަނަ ފަހަރަށް ބައްދަލުކުރަން ޖެހުމުގެ ފުރުސަތު ބޮޑުވެއްޖެ
އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމަށް މިއަހަރުގެ ތެރޭގައި ތިންވަނަ ފަހަރަށް ލުބުނާނާ ދެކޮޅަށް ކުޅެންޖެހުމުގެ ފުރުސަތު ތަނަވަސްވެއްޖެއެވެ. އޮކްޓޫބަރުމަހު ފީފާގެ އިންޓަރނޭޝަނަލް ވިންޑޯގެ ތެރޭގައި މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ކުޅުމަށް ހަމަޖެހިފައިވާ މެރްޑެކާ ކަޕްގައި އިންޑިޔާ ބައިވެރިވާއިރު ލުބުނާނުވެސް މި މުބާރާތުގައި ވާދަކުރެއެވެ.
މެރްޑެކާ ކަޕަކީ މެލޭޝިޔާގެ މިނިވަންދުވަހާ ގުޅުވައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިފަހަރު މި މުބާރާތުގައި މި ދެޓީމުގެ އިތުރަށް ވާދަކުރަނީ މެލޭޝިޔާ އާއި ފަލަސްތީނެވެ. އެންމެ ފުރަތަމަ މެޗުގައި އިންޑިޔާ އާއި މެލޭޝިޔާއެވެ. މި މެޗުން މޮޅުވާ ބަޔަކު ފައިނަލަށްދާއިރު އަނެއް ފަޅިން ފައިނަލަށް ވާދަކުރާނީ ލުބުނާނާއި ފަލަސްތީނެވެ.
މ…
މިއަހަރުގެ ޖުލައިމަހު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށްފަހު އިންޑިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ ދަ ހިންދޫ
kobaa bro, articles?
e ee mivaagothakee
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ