Close Election
Close
ދުނިޔެ

ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމަށް އިދިކޮޅަށް އިނދެ 500 މޭލަށް ބައިސްކަލު ދުއްވައިފި

މުހައްމަދު އައުޒަމް

ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމަށް އިދިކޮޅަށް ބައިސްކަލު ދުއްވައިފިއެވެ.

އަލަސްކާގައި ބޭއްވި އަހަރީ ބައިސްކަލު ދުއްވުމުގެ ހަރަކާތެއްގައި އެ ސިޓީގެ ދުއްވުންތެރިޔަކު ވަނީ ބައިސްކަލުގައި އިދިކޮޅަށް އިނދެ 500 މޭލަށް ދުއްވާފައެވެ.

ވޯލްކާ ނަމަކަށް ކިޔާ އެމީހާ ވަނީ 30،000 މީހުން ބައިވެރިވި އެ ހަރަކާތުގައި އެންމެން އާޝޯޚުކޮށްލައިފައެވެ. އޭނާ ބައިސްކަލު ދުއްވީ އޭގެ ހުންގާނުމަތީ އިނދެގެންނެވެ.

ވޯލްކާ ވަނީ އޭނާ އެގޮތަށް ބައިސްކަލު ދުއްވާތާ 10 ވަރަކަށް އަހަރުވެފައިވާ ކަމަށާއި އެކަމަށް ވަރަށް ފަރިތަވާނެ ކަމަށް ބުނެފައެވެ. އިދިކޮޅަށް އިނދެގެން ބައިސްކަލު ދުއްވުމުގެ ރެކޯޑް ގާއިމުކުރުމަށް ވޯލްކާ ވަނީ ގީނިސް ވޯލްޑް ރެކޯޑްސް އަށް ހުށަހަޅާފައެވެ.

ގީނިސް ވޯލްޑް ރެކޯޑްސް ފޮތުގައި ވާގޮތުން އިދިކޮޅަށް ބައިސްކަލު ދުއްވުމުގެ ރެކޯޑް އޮތީ އޮސްޓްރޭލިއާގެ އެންޑްރޯ ކިޔާ މީހެއްގެ އަތުގައެވެ. އޭނާވަނީ 209.77 މޭލަށް ބައިސްކަލު ދުއްވާފައެވެ.