ޖަޕާނު ހުރަސްކޮށް ތޫފާން ކައުން ކޮރެއާއަށް އަރައިފިއެވެ.
ތޫފާން ކައުން ކޮރެއާއަށް އަރާފައިވަނީ ބުދަ ދުވަހުއެވެ. ތޫފާނު އެރުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 14،000 އަށްވުރެން ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވެއެވެ.
ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ބައްދުކޮށްފައިވެއެވެ.
ތޫފާނުގެ ބާރު ދަށްވެފައިވީ ނަމަވެސް ކޮރެއާއަށް ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
ތޫފާން ކައުން ވަނީ ކޮރެއާގެ އިރުއުތުރު ސަރަަހައްދުތަކަށް އަރައިފައެވެ. އަދި މިހާރު ތޫފާނުގެ މިސްރާބު ހުރީ ވެރިރަށް ސޯލްއަށް ކަމަށް އޮފިޝަލުން ބުނެއެވެ.
ތޫފާނުގެ އަސަރު އުތުރުކޮރެއާއަށް ވެސް ކުރާނެ ކަމަށް ބެލެވިފައިވާ އިރު، އެގައުމުން ވަނީ އެގައުމުގެ މިލިޓަރީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ