ފިލިޕީންސް ގައި ބަޑި ޖަހައި ޒުވާނަކު މަރާލުމުގެ ކުށުގައި ހަ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފިލިޕީންސް ވެރިރަށް މެނީލާގެ މަސްވެރި ވިލެޖެއްގައި ފުލުހުން ވަނީ ބުދަ ދުވަހު ބަޑި ޖަހައި ޒުވާނަކު މަރާލައިފައެވެ.

ސަތާރަ އަހަރުގެ އެޒުވާނާ އަށް ބަޑިން ހަމަލާދީފައިވަނީ އޭނާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރުމުން ފިލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ. ނަމަވެސް ފުލުހުން އޭނާ ހައްޔަރު ކުރުމަށް މަސައްކަތް ކުރުމުން އޭނާ ވަނީ ހާސްވެ ދުވެފައިގޮސް މޫދަށް ފުންމާލައިފައެވެ.

ފުލުހުންގެ ހަމަލާއެއްގައި މަރުވި ޒުވާނާގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތް ކަމަށާއި ފުލުހުން އެވަގުތު ނަގާފައިވަނީ ނުބައްދަލު ބާރެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ފިލިޕީންސްގައި ޒުވާނާ މަރާލުމުގެ ކުށުގައި އެތަނުގައި ހަރަކާތްތެރިވި ހަ ފުލުހުން ވަނީ މަގާމުން ސަސްޕެންޑްކޮށް ހައްޔަރުކޮށްގެން ތަހުގީގު ކުރަން ފަށައިފައެވެ.

ފިލިޕީންސްގެ ގާނޫނުގައި ވާގޮތުން ފުލުހުންގެ މައްޗަށް އެކުށް ސާބިތުވެއްޖެނަމަ، 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މަރުވި ޒުވާނާގެ އާއިލާއިން ވަނީ އެމައްސަލަ ހިންދާލުމަށް އެއާއިލާއަށް އެކި ހަދިޔާ އާއި ފައިސާ ހުށަހަޅަމުން ދާކަމަށް ބުނެފައެވެ. ނަމަވެސް މައްސަލަ ނުނަގާނެ ކަމަށް އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.