ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެއިން ކުޑަކުއްޖަކު ގެއްލިގެން ފުލުހަށް ރިޕޯޓް ކުރުމާ ގުޅިގެން، އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ރ. މާކުރަތު ގަހާކޯޅިގޭ، އުމުރުން 12 އަހަރުގެ އައިޝާ ބިން މަހްމޫދު ރިޔާޒެވެ.

އަންހެންކުއްޖާ ގެއްލިގެން ހޯދަމުންދަނީ އިއްޔެ އިރު އޮއްސި 6:00 ހާއިރުން ފެށިގެން އެކުއްޖާގެ ހަބަރެއްވެފައި ނުވާތީއެވެ.