އެޕަލްގެ އަހަރީ އައިފޯން އިވެންޓް އަންނަ ސެޕްޓެމްބަރު 12 ވާ އަންގާރަ ދުވަހު ބާއްވާނެ ކަމަށް ޓެކް ހަބަރުތައް ބުނެފި އެވެ.
އެޕަލް ކުންފުނީގެ އާދަކާދައިގެ މަތިން އާ އައިފޯންތަކުގެ ޕްރީ އޯޑަރުތައް އޭގެ ދެތިން ދުވަސް ފަހުން ސެޕްޓެމްބަރު 15 ވާ ހުކުރު ދުވަހު ހުޅުވާލާނެ ކަމަށާއި އޭގެ އެއް ހަފުތާ ފަހުން ސެޕްޓެމްބަރު 22 ގައި މީހުންގެ އަތަށް ފޯނު ލިބޭ ވަރުވާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
އެޕަލްގެ އިވެންޓްތައް އާންމުކޮށް ބާއްވަނީ މަހުގެ ފުރަތަމަ ދެ ހަފުތާގައި ކަމަށާއި، އަންނަ މަހުގެ ފަހުކޮޅު ކުންފުނީގެ މާލީ ކުއާޓަރު ނިމުމުގެ ކުރިން އާ އައިފޯންތައް ލޯންޗުކޮށް ބޮޑު އާމްދަނީއެއް ހޯދުމަކީ އެޕަލްއިން ކަންކަން ކުރާގޮތެވެ. ނަމަވެސް ޕްރޮޑަކްޝަންގައި ގޮންޖެހުންތަކެއް ހުރިކަމުގެ އަޑުތައް ފެތުރިފައިވާއިރު، އޭގެ މާނައަކީ ވަކި މޮޑެލްތައް ފަހުން ލިބޭ ގޮތަށް ޕްރީ އޯޑަރު ނެގުން ކަމަށް ވުން ގާތް ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި. ސެޕްޓެމްބަރު 13 ވާ ބުދަ ދުވަހު އެޕަލްގެ މުވައްޒަފުންނަށް ޗުއްޓީ ނެގުން ވަނީ މަނާކޮށްފައެވެ. އެއީ "އައިފޯން 15 ނެރުން" 12 ވަނަ ދުވަހު އޮންނާތީ ކުރާ ކަމެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އައިފޯނުގެ ޕްރީ އޯޑަރާއި ލޯންޗް ކުރާ ދުވަސްތަކަކީ އެމީހުންގެ އެންމެ ބިޒީ ދުވަސްކޮޅު ކަމުން އެއީ އެޕަލް ކުންފުނީގެ އެތެރޭގައި އަބަދުވެސް ކަން ހިންގާ ގޮތެެވެ. ސެޕްޓެމްބަރު 12 ވާ އަންގާރަ ދުވަހު އެޕަލްގެ މި ބޮޑު އިވެންޓް އޮންނާނެ ކަމާއި މެދު ގިނަ ބަޔަކު ޝައްކެއް ނުކުރެއެވެ. އެޕަލް އިން އާންމުކޮށް މީޑިއާގެ ދައުވަތު ފޮނުވަނީ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ކުރިން ކަމުން އިވެންޓް ބާއްވާނެ ތާރީހު ރަސްމީކޮށް ކަށަވަރު ކުރުމުގެ ކުރިން އަދިވެސް ވަގުތުކޮޅެއް އެބައޮތެވެ.
ނަމަވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކަންކަން ބަދަލު ވެދާނެ ކަމުގެ އަޑުތައް ފެތުރުން އެކަށީގެންވެ އެވެ. އައިފޯން 15 ގެ ލައިންއަޕްގެ އިތުރުން ސެޕްޓެމްބަރު މަހުގެ ބޮޑު ހަފުލާގެ އަޕްޑޭޓްފައިވާ އެޕަލް ވޮޗް ސީރީޒް 9 އަދި އެޕަލް ވޮޗް އަލްޓްރާ 2 މޮޑެލްތަކާއި އައިއޯއެސް 17 އަދި އެއާ ގުޅުން ހުރި އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓްތަކުގެ އެންމެ ފަހުގެ ތަފްސީލްތައް އިއުލާންކުރުން ވެސް ހިމެނޭނެ ކަމަށް ބެލެވެ އެވެ. އެޕަލްގެ އާ ވިޝަން ޕްރޯގެ އިތުރު މައުލޫމާތުތައްވެސް ލިބިގެން ދާނެއެވެ.