އާބަންކޯގެ އާ ފްރަންޓް އޮފީސް، "އާބަން ސެންޓަރު" ސެންތުރޯ މޯލުގައި ހުޅުވައިފިއެވެ.
އާބަންކޯއިން ބުނި ގޮތުގައި އާބަން ސެންޓަރަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަ ގޮތަކަށް އެއްތަނަކުން ފޯރުކޮށް ދިނުމުގެ ބޭނުމުގައި ހުޅުވި ސެންޓަރެއް ކަމަށެވެ.
އަދި އާ ފްރަންޓް އޮފީހެއް ހުޅުވުމަކީ އެ ކުންފުނި އިތުރަށް ކުރިއަރައި ފުޅާވަމުން އަންނަ ވަރަކަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިގެން އަންނަ ވަރަށް ބޮޑު މަސައްކަތެއް ކަމަށްވެސް ބުންޏެވެ.
އެގޮތުން، އޮންލައިންކޮށް ސާވިސް ބޭނުންކުރުމަށް ދަތިވާ މީހުންނަށް، އާބަން ސެންޓަރުން އެ ހިދުމަތްތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އާބަންކޯއިން ބުނި ގޮތުގައި ފާއިތުވި މަސް ތެރޭގައި އެ ކުންފުނިން ވަނީ 52،497 ފޯނު ކޯލަށް ޖަވާބު ދީފައެވެ. އަދި އެ ކުންފުންޏަށް ހުށަހެޅި 4769 މައްސަލައިގެ ތެރެއިން 78 ޕަސަންޓް މައްސަލަ ހައްލުކޮށްފައިވާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު