މި ސަރުކާރުން ކުށުގެ ވެށީގެ ނުރައްކާ ކުޑަކޮށް، މިއީ އެންމެ ކުށްމަދު ފަސް އަހަރަށް ހަދައިދީފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގދ. ނަޑެއްލާއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލިކުރައްވައި ރައީސް ވިދާޅުވީ ކުށް މަދު ކުރުމަކީ ސަރުކާރުން މައިގަނޑު އެއް ސިޔާސަތު ކަމަށެވެ.
"ކުށުގެ ވެށިން ދުރުވާންޖެހޭ. 2018 -2023 އެންމެ ކުށް މަދު ފަސް އަހަރު. ކުރިއަށް އޮތް ތަނުގައި މިކަން މިގޮތަށް އޮންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވަނީ ދައުލަތުގެ ހިންގުމުގެ ނިޒާމު ބަދަލުކޮށް، ލާމަރުކަޒީ ނިޒާމު ތައާރަފުކޮށް ކައުންސިލްތައް ބާރުވެރިކުރުވާފައި ކަމަށެވެ. އަދި މި ސަރުކާރުން ސިޔާސަތުތައް އެކުލަވާލަނީ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން ބޭނުންވާ ކަންކަމުގެ އަޑުއެހުމަށްފަހު ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރީގެ ހުރިހާ ސަރުކާރުތަކުން ވަނީ ތައުލީމުގެ ސިޔާސަތަށް އިހުމާލުވެފައި ކަމަށާއި މި ސަރުކާރުން ވަނީ ހިލޭ ޑިގްރީ ތައާރަފުކޮށް އެކަން މާޒީ ކޮށްފައި ކަމަށެވެ.
ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ، ނަޑެއްލާ ވޮލީ ކޯޓުގައި ޓާފު އަޅައިދެއްވާނެ ކަމަށާއި އަދި ބިން ހިއްކައި ހައުސިން މަޝްރޫއު ހިންގައި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު