ބޮންޑް ގާނޫނަށް އަމަލުކުރުން ހުއްޓާލައި، ސަރުކާރުން ކަނޑައަޅާ ވަކި އުސޫލެއްގެ ތެރެއިން ސްޓޫޑަންޓް ލޯނު މާފު ކޮށްދޭން އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން އެކުލަވާލި މެނިފެސްޓޯ އިފުތިތާހު ކޮށްދެއްވީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނެވެ.
އެމްޑީޕީން ބުނި ގޮތުގައި މި މެނިފެސްޓޯ ބަހާފައިވަނީ ފަސް ސިޔާސަތެއްގެ މައްޗަށެވެ. އެއީ އުފާވެރި ދިރިއުޅުން، އަމާން މުޖުތަމައު، ޒުވާނުންގެ އާޖީލު، އިގުތިސާދީ ބޮޑު ބަދަލު އަދި ހެޔޮވެރިކަމެވެ. އޭގެ ތެރެއިން މިރޭ އިފްތިތާހުކުރީ "އުފާވެރި ދިރިއުޅުން"، މި ސިޔާސަތު އެކަންޏެވެ.
އުފާވެރި ދިރިއުޅުން ސިޔާސަތުގެ ދަށުން ހިމެނޭ އުފެއްދުންތެރި ފުދުންތެރި ޖީލުގެ ބައިން ތައުލީމާއި ތަމްރީންގެ ދާއިރާއިން ކުރާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- ރާއްޖޭގެ ހުރިހާ ރަށެއްގައި ލޭންޑް ޔޫސް ޕްލޭން ހެދޭއިރު، އެއާ ގުޅުވައިދޭ ހިއުމަން ރިސޯސް ޕްލޭން ހަދައި އެ ޕްލޭންއާ އެއްގޮތަށް ރާއްޖޭގައި ހިންގޭ ޕްރޮގްރާމްތައް ފުޅާކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުން
- އެމްކިއުއޭ ވަރުގަދަކުރުމަށްޓަކައި ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރަންސް ބޮޑީ އަކާއެކު ދިގު މުއްދަތަކަށް މަސައްކަތްކޮށް، މީހުން ބިނާކޮށް މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން މީހުން ބަލައިގަންނަ ދާއިރާއަކަށް ހެދުން
- މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު މަތިކުރުމުގެ ގޮތުން އިންސްޓިޓިއުޝަނަލް އޮޑިޓް ރިޕޯޓު އާއްމުކޮށް، މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތައް ރޭންކުކުރާނެ.
- ޒަމާނީ އީ-ލާނިންގް ނިޒާމުތައް ގާއިމުކުރުމަށް ހިތްވަރު ދީ، އީ-ލާނިންގް ނިޒާމުގެ ފެންވަރު އެކަށައެޅި، އީ-ލާނިންގް މެދުވެރިކޮށް ކިޔެވޭނެ ދާއިރާތަކާއި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުން
- މަތީ ތައުލީމާއި ތަމްރީނުގެ ސިޔާސަތަކީ އެޑިއުކޭޝަނަލް ޓޫރިޒަމަށް ފަހިވާ ގޮތަށް ބައްޓަންކޮށްފައިވާ ސިޔާސަތަކަށް ހެދުން
- ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި މަސައްކަތްތެރިން އިސް ސަފަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި ތައުލީމު ފޯރުކޮށްދީ އެފަދަ މަގާމުތަކަށް ގާބިލު ދިވެހި މުވައްޒަފުން ބިނާކުރާނެ.
- ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލެއްގެ ކެމްޕަސް ރާއްޖޭގައި ގާއިމުކުރުން.
- ރާއްޖެއިން ބޭރުން ކުދިން ކިޔަވަން ރާއްޖެއައުމަށް ބާރުއެޅުމުގެ ގޮތުން ސްޓޫޑަންޓް ވިސާ ތައާރަފުކުރުން
- މާލެ ސަރަހައްދުގައާއި އާބާދީ ބޮޑެތި ސަރަހައްދުތަކުގައި އިތުރު ދަނާލުތައް ގާއިމުކޮށް މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުން އިތުރުކުރުން
- ސްކޫލް ނިމޭ ދަރިވަރުންގެ ތެރެއިން މަތީ ތައުލީމާއި ތަމްރީނުގައި ޝާމިލުނުވާ އަދި އާމްދަނީ ލިބޭފަދަ މަސައްކަތެއްގައި ޝާމިލުނުވާ 16 އަހަރާއި 18 އަހަރާއި ދެމެދުގެ ދަރިވަރުންނަށް އެކްސްޓެންޑެންޑް ސްކޫލް ނިޒާމުގެ ތެރެއިން ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުމާއެކު ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފޯރުކޮށްދީ، ޖޮބް ޕޯޓަލްގައި ހަރަކާތްތެރިކުރުވާ، ގަވާއިދުން ފުރިހަމަ ކުރަންޖެހޭ ރިފްރެޝާ ޕްރޮގްރާމްތަކާއި ހާޒިރުވާންޖެހޭ ކެރިއާ ގައިޑަންސް ސެޝަންތައް ތައާރަފްކުރުން
- ވަޒީފާގައި އުޅެމުން މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރާ ފަރާތްތަކަށް އެ އިދާރާއެއް މެދުވެރިކޮށް އިން-ސާވިސް ޓްރެއިނިންގެ ފުރުސަތު ދިނުން
- ލޯނު ފުރުސަތުގެ ދަށުން ކިޔަވަން ފުރުސަތު ދޭއިރު ރާއްޖޭގައި މިހާރު ޕްރޮފެޝަނަލީ ހަރަކާތްތެރިވާ ބިދޭސީން ތިބި ދާއިރާތަކާއި އަދަދަށް ބަލައި އެ ދާއިރާތަކުން ކިޔެވުމަށް ފުރުސަތު ދިނުން
- ހިލޭ ޑިގްރީ ޕްރޮގްރާމް ފުޅާކޮށް ސެޓްފިކެޓް 1 އިންފެށިގެން ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ ގޮތް ހެދުން
- ހިލޭ ޑިގްރީ ޕްރޮގްރާމަށް ހާއްސަ ސްޓޫޑަންޓް ސަޕޯޓް ސާވިސް ޔުނިޓެއް ގާއިމުކުރުން
- ހިލޭ ޑިގްރީގެ ދަށުން ކަމާގުޅޭ އިދާރާތަކާ ކުރަންޖެހޭ ފައިސާގެ މުއާމަލާތް ކުރުމުގެ އުސޫލު ލުއިފަސޭހަކުރުން
- ތަފާތު އެކި ހުނަރު ހުރި ފަރާތްތަކަށް ހާއްސަކޮށްގެން ސްކިލް ބޭސްޑް ސްކޮލާޝިޕް ތައާރަފުކުރުން
- ސަނަދު ނެތް ފަރާތްތަކުގެ ތަޖުރިބާއަށް ސަނަދު ހޯދައިދޭ ނިޒާމު (ޓްރޭޑް ޓެސްޓިންގް) ފުޅާކޮށް، އަޕްސްކިލިންގް/ރީ-ސްކިލިންގް ފުރުސަތުތަކާއެކު ސެޓިފައިޑް ޕްރޮފެޝަނަލްސް ތައާރަފްކުރުން
- ހުނަރު ތަރައްގީކުރެވޭނެ ހަބްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުން
- ދިވެހިރާއްޖޭގެ އައި.ސީ.ޓީ ދާއިރާގެ ހުނަރުވެރިންނާއި އެހެނިހެން އުފެއްދުންތެރިން ރާއްޖޭގައި ތިބެގެން އެފަރާތްތަކުގެ އުފެއްދުންތެރިކަން ބޭރުގެ ބާޒާރަށްނެރެ، މާރކެޓްކޮށް، ކުރިއެރުވޭނެ މާހައުލެއް ގާއިމުކުރުން
- ނިޒާމީ ގޮތެއްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމަށްޓަކައި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުޅާކުރާނެ. ނެޝެނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މަހަކު 2500 ރުފިޔާގެ ސްޓައިޕެންޑެއްދޭގޮތަށް ޕްރޮގްރާމް ފުޅާކޮށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ޕްރޮގްރާމްގައި ބައިވެރިވެވޭނެ ފުރުސަތު ހޯދައިދިނުން
- ވަޒީފާގެ އަމަލީ ތަޖުރިބާއާއެކު ވަޒީފާއަށް ތައްޔާރުކުރެވޭ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގައި އިންޑަސްޓްރީ ޕްލޭސްމަންޓް ހިމެނުން
- ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި މެޑިކަލް ސްކޫލް ފުޅާކޮށް، ސްޕެޝަލިސްޓް ދާއިރާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުން މީހުން ތަމްރީނުކުރުން
- ރާއްޖެއަކީ އޯޝަން-ބޭސްޑް ސައިންސްގެ ދާއިރާއިން ދިރާސާކުރުމަށް މަގްބޫލު ގައުމަކަށް ހެދުން
- ރިސާޗްކުރުމުގެ ސަގާފަތް އަށަގެންނެވުމަށްޓަކައި، މަތީ ތައުލީމާއި ތަމްރީނު މަރުކަޒުތަކަށް ހުޅުވާލައިގެން ރިސާޗް ގްރާންޓް ތައާރަފުކުރުން
ޚަބަރު
ޚަބަރު
ޚަބަރު