ރަޝިޔާގެ މުއްސަނދިން ގޯއާގެ ބަދަލުގައި ދުބާއީއަށް ދާ މައްސަލަ ބަލަން ނިންމައިފިއެވެ.
އިންޑިއާގެ ފަތުރުވެރިކަމަށް މަޝްހޫރު ގޯއާއަށް ދިއުމުގެ ބަދަލުގައި ރަޝިޔާގެ މުއްސަނދިން ދުބާއީއަށް ދަތުރުކުރާ މައްސަލަ ބެލުމަށް ގޮވާލާފައިވަނީ އެ ސިޓީގެ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި ގޯއާގެ ޓުއަރިޒަމް މިނިސްޓަރު ރޯހަން ކައުންތޭ އެވެ.
ގޯއާގެ ޓުއަރިޒަމް މިނިސްޓަރު ވަނީ ރަޝިޔާގެ މުއްސަނދިން އެމެރިކާ، ޔޫއޭއީ އަދި ޖަރުމަނުގެ އިތުރުން ކޮރެއާއާއި ޖަޕާނަށް ދާ ސަބަބު ވެސް ހޯދުމަށް ދިރާސާކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ގޯއާއިން ސައުދީ އަރަބިއްޔާ ފަދަ ޓުއަރިޒަމްގެ އާ ގޮތްތަކާއި ބޮޑެތި ޕްރޮޖެކްޓުތައް ހިންގާ ގޮތް ބަލައި އޭގެން މިސާލު ނެންގެވުމަށްވެސް މިނިސްޓަރު ގޮވައިލެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ގޯއާގެ ޓުއަރިޒަމް އިތުރަށް ކުރިއެރުވުމަށް އެ ހިސާބުގައި އޮންނަ މަނޯހަރް އިންޓަނޭޝަނަލް އެއާޕޯޓުވެސް ހުޅުވަން ޖެހިފައިވާ ކަމަށެވެ.
ގޯއާއިން ވަނީ ދާދިފަހުން އިންޑިއާގެ ޑޮމެސްޓިކް ޓުއަރިޒަމް ޝޯއެއްގައި ބައިވެރިވެ، އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ "ދޭކޯ އާޕްނާ ދޭޝް" ޕްރޮމޯޓުކުރަންވެސް ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ