ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓަކަށް އޭނާގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަމަޖައްސަވައިފިއެވެ.
ގާސިމްގެ ކެމްޕެއިން އެޖެންޓަކަށް ހަމަޖެއްސެވުމަށްފަހު ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒުގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ގާސިމް ވަނީ އެކަމުގެ ލިޔުން އަލީ ވަހީދާ ހަވާލުކޮށްފައެވެ.
އިންތިހާބީ އެޖެންޑަކަށް ހަމަޖެއްސުމާ ގުޅިގެން، ގާސިމަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓްވީޓެއްގައި އަލީ ވަހީދު ވިދާޅުވީ، ގާސިމުގެ އިންތިހާބީ އެޖެންޓު ކަމާ އޭނާ ހަވާލުވީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެދޭ ފަދަ އޯގާތެރި ޑައިނަމިކް ވެރިކަމެއް ދިވެހިންނަށް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އަލީ ވަހީދަކީ ޖޭޕީގެ ކުރީގެ ރައީސްއެވެ. ނަމަވެސް އޭނާ އެ މަގާމުގައި ހުންނަވަނިކޮށް އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހަކާ ގުޅިގެން އޭނާއަށް މަގާމު ގެއްލުނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު