ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ ހުޅުމީދޫމިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމިދޫގައި 471,380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 60 މީޓަރުގެ ރިވެޓްމެންޓް ޕްރޮފައިލިންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 110 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ބޮލާޑް އަދި ވީ-ފެންޑަރު ހަރުކުރުމުގެ މަސައްކަތް ހިމެނޭއެވެ.

މި މަޝްރޫއުގެ އަގަކީ 68.8 މިލިއަން ރުފިޔާއެވެ.